ޑރ ޒާކިރުނައިކު އިނގިރޭސި ވިލާތަށް އެރުން މަނާކުރުމުން ދިފާޢުގައި މަހޭޝްބަޓް ނުކުމެއްޖެ

maxresdefault-2-620x360.jpg

ޑރ ޒާކިރު ނައިކު އިނގިރޭސި ވިލާތަށް އެރުން މަނާކުރުމުން ދިފާޢުގައި މަހޭޝްބަޓް ނުކުމެއްޖެއެވެ.

އިނގިރޭސިން ޑރ ޒާކިރު އެޤައުމަށް އެރުން މަނާކުރުމާއި ވިދިގެން ޑރ ޒާކިރު ވިދާޅުވީ، މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަދި ޑރ ޒާކިރު ނައިކާއި ގުޅޭގޮތުން އިނގިރޭސިން މިހާ ހަރުކަށި ފިޔަވަޅެއް އެޅީ އިނގިރޭސި ނޫހެއް ކަމަށްވާ ސަންޑޭ ޓައިމްސް ގައި ކޮންމެ މުސްލިމަކީވެސް ޓެރަރިސްޓަކަށް ވާންޖެހޭނެ ކަމަށް ޑރ ޒާކިރު ވިދާޅުވެފައި ވާކަމަށް ބުނެ ފަތުރާފައިވާ ދޮގު ޚަބަރަކާއި ގުޅިގެން ކަމަށް ޑރ. ޒާކިރު ތުހުމަތު ކުރެއްވި އެވެ.

ޑރ ޒާކިރު ނައިކު ވިދާޅުވީ އިސްލާމުންނާ ދެކޮޅު ހަރުކަށި އިނގިރޭސި ކޮންޒަވޭޓިވް ސަރުކާރުގެ މި ނިންމުމަކީ، ޢަދުލުން އެއްކިބާވެފައިވަ ނިންމުމެއް ކަމަށާއި، އިނގިރޭސި އާ ސަރުކާރުން އޭނާއާއި ދެކޮޅަށް އެޅި ފިޔަވަޅަކީ ސިޔާސީ ފިޔަވަޅެއް ކަމަށެވެ. އެހެން ކަމުން މި ފިޔަވަޅާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ ނައިކު ވިދާޅުވިއެވެ.

ޑރ ޒާކިރު ނައިކު އިންޑިޔާއިން ވެސް ބޭރު ކުރުމަށް އެ ޤައުމުގެ ހިންދޫ ހައްދުފަހަނަ އެޅި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު، މިކަމާ ދެކޮޅަށް ކާފަރުން ވެސް އަންނަނީ ތެދުވަމުން ނެވެ.

އެގޮތުން ހިންދީ ފިލްމުތަައް ޑައިރެކްޓް ކޮށްގެން އިންޑިޔާގައި މަޤްބޫލު ކަން ހޯދާފައިވާ ޝަހުޞިއްޔަތެއް ކަމަށްވާ، އެ ޤައުމުގެ އިންސާނީ ޙައްޤު ތަކާއި ބެހޭ އެމްބެސެޑަރު މަހޭޝްބަޓް ވަނީ ޑރ ނައިކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާ ޑރ ޒާކިރުގެ ދިފާޢުގައި ތެދުވެފައެވެ.

އަދި އިންޑިޔާމީހުން ފާޑުފާޑުގެ ވާހަކަ ދައްކައިގެން ޑރ ނައިކު އެކަހެރިކޮށް ބޭކާރު ކޮށްލަން މަސައްކަތް ކުރުމުގެ ބަދަލުގައި ހުޅަނގުގެ ބާރުތަކާ ވެސް ދެކޮޅަށް ހިތްވަރުގަދަކަން ދައްކަވަމުން ގެންދަވާ ދުނިޔެ ނުދެކޭފަދަ ޢިލްމީ ޝަޚުޞިއްޔަތު ކަތިނުލާ، އޭނާ ޙިމާޔަތް ކުރުމަށް ތެދުވުމަށް މަހޭޝް ބަޓް އިންޑިޔާ ސަރުކާރާ ރައްޔިތުންނަށް ގޮވާލެއްވި އެވެ.

މި މައްސަލާގައި މަހޭޝްބަޓް ވަނީ ހުޅަނގުގެ މީޑިޔާ ތަކާއި ސަރުކާރު ތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެޑިޓަރުގެ ނޯޓް : މިއީ ޝާފިއުގެ ބްލޮގްގައި އޭނާ ލިއުއްވާފައިވާ ލިއުއްވުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top