އޭޕްރީލް 10އަށް، 18އަހަރު ފުރޭ އެންމެންނަށް ވޯޓު ލެވޭނެ: އީސީ

big_lzCl4b0RK0zvLXFCQkTQz9QEJ.jpg

އިސީ ޝަރީފް --ފޮޓޯ :އަވަސް

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށް 18 އަހަރު ފުރޭ އެންމެންނަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް، އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކައުންސިލް އިންތިޚާބުގައި އުމުރުން 18 އަހަރު ފުރިފައިވާ ބައެއް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާ ކަމަށް ތުހުމަތުކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ދީދީގެ ޓްވީޓުގައި ވިދާޅުވަނީ ކައުންސިލް އިންތިޚާބު އެއް އަހަރުގެ މުއްދަތަށް ލަސްކުރުމަށް ފާސްކުރެވުނު ވަގުތީ ގާނޫނުން އިންތިޚާބު ފަސްކުރެވުނު މުއްދަތުގެ ތެރޭގައި އުމުރުން 18 އަހަރު ފުރޭ ރައްޔިތުންނަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ވޯޓުދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އޭޕްރީލް 10 ވަނަ ދުވަހަށް 18 އަހަރު ފުރޭ އަދި ފުރިފައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށެވެ. އަދި އެކަން އީސީން ކަށަވަރުކޮށް އަރުވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށެވެ. ނަމަވެސް ރާއްޖެއިން ކޮވިޑް-19 ފެނިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ އިއުލާނު ކުރުމާ ގުޅިގެން ކައުންސިލް އިންތިޚާބު ވަނީ ފަސްކޮށްފަ އެވެ.

އަދި ކޮވިޑް-19 ގެ ހާލަތުގައި އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ޚާއްސަ ބިލެއް ފާސްކުރިއިރު އެ ބިލަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭނެއެވެ. އެގޮތުން ކައުންސިލް އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top