އެއާކޯން ސާވިސްކުރާ މީހުންނަށް ލައިސަންސް ދެނީ!

28034C2F-7871-49EC-AEE1-AAD52943AC6D.png

އެއާކޯން އާއި ރެފްރިޖެރޭޓާސް ސާވިސް ކުރާ މީހުންނަށް ބޭނުންވާ ސެޓްފިކޭޝަން އާއި ލައިސަންސް ތައްޔާރު ކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެފްޖޭއެސް އާ މިއަދު ހަވާލު ކޮށްފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުވުމުގައި އެފްޖޭއެސްއާ އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި އެފްޖޭއެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގައި މަސައްކަތް ކުރާ ރެފްރިޖަރޭޝަން އަދި އެއާކޮންޑިޝަނިން ސާވިސިން ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރު ލިބިފައިވާ ބަޔަކަށް ހަދަން ސެޓިފިކޭޝަން އަދި ލައިސަންސިން ސިސްޓަމެއް ތައްޔާރު ކުރެވޭނެއެވެ.

ޖައްވު ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް މަދުކުރުމަށް އެފަދަ ގޭސްތައް ބޭނުން ކުރާ އާލާތްތައް ބަރާބަރަށް މަރާމާތުކޮށް ސާވިސް ކުރުން މުހިއްމު ކަމަށާއި އެެފަދަ އާލާތްތައް މަރާމާތުކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރި ބަޔަކަށްވުމަކީ، މިފަދަ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް އެންވަޔަރންމެންޓު މިނިސްޓްރީ އިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top