ބޮޑު ޗުއްޓީގައި ރަށަށް ނުދެވޭނެ!

DSCN3341.jpg

އޭދަފުށި ބަނދަރުމަތި.

ސްކޫލް ކުދިންގެ ބޮޑުޗުއްޓީގައި ވެސް މާލެ އިން ރަށްރަށަށް ނާދެވޭގޮތަށް އެޗްޕީއޭގެ އުސޫލު ހަރުކަށި ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މާލެއިން ރަށްރަށަށް ދިއުން ހަރުކަށިކުރަން ނިންމީ ގިނަ ރަށްރަށުގައި ވަރަށް ބާރަށް ކޮވިޑް ފެތުރެމުން ދާތީ އެކަން ކޮންޓްރޯލްކުރަން ކަމަށެވެ.

ރަށްރަށަށް ދާން ހުއްދަ ދޭނީ ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ މީހުންނަށް އެކަނި ކަމަށާއި އަދި މިހާރު ވެސް އޮތް ގޮތަށް، ކޮންމެ މީހަކު ވެސް ރަށުގައި 14 ދުވަސް ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

އުސޫލުގައި ބުނާ ގޮތުން ޒަރޫރީ ސަބަބެއްގެ ގޮތުގައި މާލެއަށް ތައުލީމު ހާސިލް ކުރަން އައިސް މުޅިން ނިމިފައިވުމުން ރަށަށް އެނބުރި ދާން ޖެހުން ހިމެނެއެވެ ނަމަވެސް މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން ނުހިމެނޭ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން ރަށްރަށަށް ދާން ޖެހޭ މީހުންނަށް ހުއްދަ ދޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ޒަރޫރީ ބޭނުންތަކަށް ރަށަށްދާ ނަމަ އެކަމުގެ ހުއްދަ އަށް މާދަމާ އިން ފެށިގެން “ހާލު ބެލުން ޕޯޓަލް” މެދުވެރިކޮށް އެދެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިގޮތަށް އެދޭއިރު ރަށު ކައުންސިލް ހޯދާ ލިޔުން ޕޯޓަލް އަށް އަޕްލޯޑްކުރަން ޖެހޭނެ ކަމަށާއި ރަށުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށް ފަހު ބޭރަށް ނުކުމެވޭނީ، ކުރިން ވެސް އޮންނަ ގޮތަށް، ކޮވިޑަށް ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޗުއްޓީ އަށް ވެސް ރަށަށް ނުދެވޭ ގޮތަށް އުސޫލު ހަރުކަށި މިކުރީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށެން ކައިރިވެފައި ވަނިކޮށެވެ. މިމަހުގެ ފަހުކޮޅު ސްކޫލްތައް ބަންދު ކުރުމަށް ފަހު ދެން އަލުން ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top