އަސާސީ ސިއްހީޚިދުމަތްދިނުން ލާޒިމްކުރާބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖްލިސް ގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖްލިސް ގެ ޖަލްސާއެއްގެ ތެރެއިން

މީހުންދިރިއުޅޭ ކޮންމެރަށެއްގައިވެސް އެންމެ ކުޑަމިނެއްގައި އަސާސީ ސިއްހީ ޚިދުމަތްދިނުމަށް ސަރުކާރަށް ލާޒިމްކުރާބިލެއް ރައްޔިތުންގެ މަޖްލީހުން އިއްޔެ ފާސްކޮށްފިއެވެ.

“ސިއްހީ ޚިދުމަތްދިނުމުގެ ބިލު” ގެ ނަމުގައި ވާ އެބިލު ކޮމިޓީން ފާސްކޮށްފައިވަނީ ބިލު ރައްޔިތުންގެ މަޖްލީހަށް ބަލައިގަނެ ކަމާބެހޭ ކޮމިޓީއަށް މަސައްކަތް ހަވާލުކުރިތާ އެއްއަހަރުފަހުންނެވެ.

ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ މެންބަރު ހުސެންމުހައްމަދު ލަތީފު ހުށަހެޅުއްވި އެބިލު މަޖްލީހުން ފާސްވީ 47މެންބަރުންގެ ވޯޓާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ 4 މެންބަރުންނެވެ.

ލަތީފު ހުށަހެޅުއްވި ބިލުގައިވަނީ ސިނާއީ މަސައްކަތްކުރާ ރަށްރަށާ ޓޫރިސްޓްރިސޯޓްތަކުގައި ހެލްތްމިނިސްޓްރީއިން ކަނޑައަޅާފެންވަރެއްގައި އަސާސީ ޚިދުމަތްދިނުމުގެ ނިޒާމެއް އެރަށެއް ނުވަތަ ރިސޯޓެއްގެ ވެރިފަރާތުން ނުވަތަ ރިސޯޓް ހިންގާފަރާތުން ގާއިމުކުރަންވާނެ ކަމުގައެވެ.
ދިވެހިރާއްޖޭގެ ކޮންމެ ސިޓީއަކާއި ކޮންމެ އަތޮޅެއްގައި ސަރުކާރުންހިންގާ ހޮސްޕިޓަލެއް ހުންނަންޖެހޭނެކަމަށްވެސް އެބިލުގައި ވެއެވެ.

އެބިލު މަޖްލީހަށް ހުށަހެޅުއްވިއިރު ބިލުން ހާސިލުކުރަންބޭނުންވާ މަގްސަދާ ބެހޭގޮތުން ލަތީފު ވިދާޅުވީ އެއީ ސިއްހީ ޚިދުމަތްދިނުމުގެ ގައުމީ ނިޒާމެއްގާއިމްކުރުމާއި ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތްދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލެއް ކަނޑައެޅި ބަޔާންވެފައި އޮތުމާއި އަމިއްލަ ފަރާތްތަކުން ދެމުންގެންދާ ސިއްހީ ޚިދުމަތަކީ ކަނޑައަޅާ ވަކި މިންގަނޑެއްގައި ދެމެހެއްޓެނިވި ގޮތަކަށް ދެވޭ ޚިދުމަތަކަށް ހެދުންކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top