ހެލްތް މިނިސްޓަރ މިއަދު އޭދަފުއްޓަށް ވަޑައިގަންނަވާނެ

medium_85026.jpg

ހެލްތް މިނިސްޓަރ ޑރ. އިރުތިޝާމް

ހެލްތް މިނިސްޓަރ ޑރ. އިރުތިޝާމް އާދަމް މިއަދު ދޮންފަނަށާއި އޭދަފުއްޓަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ ދޮންފަނުގައި އަލަށް އިމާރާތް ކުރި ހެލްތްސެންޓަރ ހުޅުވުމަށާއި އަތޮޅު ހޮސްޕިޓަލް ހިނގަމުން އަންނަ ގޮތް ބައްލަވާލެއްވުމަށް ކުރާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މާދަމާ ހެނދުނު 9 ޖަހާއިރު އޭދަފުށީ ކައުންސިލާ ބައްދަލުކޮށް ރަށުގެ އާއްމުހާލަތު އޮޅުން ފިލުއްވައި އިތުރު ކަންތައްތަކާ ބެހޭގޮތުންވެސް މަޝްވާރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޑރ. އިރުތިޝާމް ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ކަމުގައި ގިނަ ބަޔަކު އެއްބަސްވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top