މިސްވޯލްޑް 2018, މެކްސިކޯގެ ވެނީސާ

Vanessa-Ponce-de-Leon-1024x570.jpg

މިސް ވޯލްޑް 2018 އަށް މެކްސިކޯގެ ރީތީގެ ރާނީ ވެނީސާ ޕޮންސް ޑީ ލިއޯން ހޮވައިފިއެވެ. 26 އަހަރުގެ ވެނީސާ ގެ ބޮލުގައި މިސްވޯލްޑްގެ ތާޖު އަޅުވައިދިނީ 2017 ވަނަ އަހަރުގެ މިސްވޯލްޑް 2017 މަނޫޝީ ޗިލަރ އެވެ. މިމަގާމާއެކު ވެނީސާ ވަނީ ދުނިޔޭގެ އަކީ 68ވަނަރީތީގެ ރާނީގެ ގޮތުގައި ތާރީޚްގައި ލިޔެވިފައެވެ. 

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ވެނީސާ އަކީ އިންޓަރނޭޝަނަލް ބިޒްނަސް އިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމަށް ފަހު މިހާރު މެކްސިކޯ އަށް ހިޖުރަ ކުރާ އަންހެން ކުދީންނަށް ޚާއްޞަކޮށް ޚިދްމަތް ދޭ ރީހެބް ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު މެންބަރެއްގެ އިތުރުން މެކްސިކޯގެ ނެޝަނަލް ޔޫތު އިންސްޓިއުޓްގެ ސްޕީކަރ އެވެ. ކޮލިފައިޑް ސްކޫބާ ޑައިވަރއެއްވެސް މެއެވެ. 

ޗައިނާގެ ސަންޔާ ގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި މި މުބާރާތުގެ ގަދަ 5ގައި ވާދަކޮށްފައިވަނީ ޖެމެއިކާ، ބެލަރުސް، މެކްސިކޯ، ޔޫގެންޑާ، އަދި ތައިލޭންޑްއެވެ. 

ރީތީގެ ރާނީން ހޮވުމަށް އާއްމުންނަށް އޮތް ފުރުސަތުގައި އެންމެ ގިނަ ވޯޓު ލިބުނީ ތައިލެންޑްގެ ރީތީގެ ރާނީއަށެވެ. ވެނީސާ އަށް ލިބުނީ 2ވަނައެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނީ ޔޫގެންޑާގެ ރީތީގެ ރާނީ އަށެވެ.

އާއްމުންގެ ވޯޓާ އެކު ވެނިސް މި މަގާމު ކަށަވަރު ކުރީ13 ޖަޖުންގެ ޕެނަލްގައި ހިމެނުނެ 13 ފަނޑިޔާރުންގެ ވޯޓުންނެވެ. އަދި ރަނަރއަޕް އަކަށް ހޮވުނީ ތައިލޭންޑްގެ 26 އަހަރުގެ ރީތީގެ ރާނީ ނިކޮލީން އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top