ފޭލި ޤުރުއާން މުބާރާތުން އެއްވަނަ، އައިކާ އާއި އަމްނާއު

DSC_1610.jpg

މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އައިކާ އަށް އިނާމު ހަވާލުކުރަނީ

އޭދަފުށީ، ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން މި ރޯދަމަހު އޭދަފުށީގައި ބޭއްވި އެޖަމިއްޔާގެ 18ވަނަ ޤުރްއާން މުބާރާތުން އެއްވަނަ، އޭދަފުށީ އަލިތަރި އައިކާ އަލީ ވަހީދު އާއި ރ. އިނގުރައިދޫ، އާހް އަމްނާއު އަހުމަދު ޝާހިދު ހޯދައިފި އެވެ.

އައިކާ، މުޅި މުބާރާތުން އެއްވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އަމްނާއު އެއްވަނަ ހޯދީ ފޮތުން ކިޔެވުމުގެ ބައިންނެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އޮތީ މިއަދު ހެނދުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މިޖަލްސާގައި ރަން ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހުމަދު ރަފީއު އެވެ.

ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން ދެވަނަ ލިބުނީ ތުޅާދޫ، ކަނދޮޅުމާގޭ ޒައުލް ބިން ޝާމިން ހުސައިން އަށެވެ. ތިންވަނަ ލިބުނީ އޭދަފުށީ އަޒުމް އަހްމަދު ޒައިކު ޒައީމަށެވެ.

މީގެ އިތުރުންވެސް މި މުބާރާތުގެ އެކި އުމުރު ފުރާތަކުން ވަނަތައް ހޮވައި އިނާމާއި ޓްރޮފީދީފައިވެ އެވެ.

ޖުމުލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއި މީހުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް 13 އިން 16 ގެ ނިޔަލަށެވެ.

ޔޫތު މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި އޭދަފުށީ ކައުންސިލުގެ އިތުރުން ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ މާޒިޔާ އެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top