މިއަހަރު އިރުވައި މޫސުން ފެށުނީ 31 ޑިސެމްބަރުގައި

IMG_20220514_120705680.jpg

މިއަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ 31 ޑިސެމްބަރު ގައި ކަމަށާއި އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ މިއަހަރުގެ އިރުވައި މޫސުން ފެށުން ލަސްވި ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އޮންނާނީ، މީލާދީ ގޮތުން ގާތްގަނޑަކަށް ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ މޭ މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެކެވެ.

އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާއްމުގޮތެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރުގެ އަތޮޅުތަކަށް ފަށައެވެ. އޭގެ ފަހުން މި މޫސުމުގެ އަސަރުތައް މެދުރާއްޖެތެރެއަށް ފޯރައި، ޖަނަވަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދެއެވެ.

އިރުވައި މޫސުން ފެށުނުކަމަށް ބަލާ މިންގަނޑަކީ، ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ވައިޖެހުން، އަދި މިހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top