ޑްރޯން ބޭނުންކުރުމަށް ތިން ދުވަސް ކުރިން ހުއްދައަށް އެދެން ޖެހޭ

dji-phantom-4-00-00-26-06-still001-1.webp

ޑްރޯން ބޭނުން ކުރުމުގެ ހުއްދައަށް އެދި ތިން ދުވަސް ކުރިން ފޯމު ހުށައަޅަން ޖެހޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ, ޑްރޯން އުދުއްސުމުގެ ހުއްދަ ދިނުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ވަގުތު ބޭނުންވާތީ، ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ފޯމު ހުށަހަޅާއިރު ޑްރޯން އޮޕަރޭޓްކުރަން ބޭނުންވާ ތާރީޚުގެ މަދުވެގެން ރަސްމީ ތިން ދުވަސް ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ. އެގޮތާއި ޚިލާފަށް ޑްރޯން އެރުވުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުތައް ބާތިލުވާނެކަމަށް އިއުލާނުގައި ވެއެވެ.

ޑްރޯން އޮޕަރޭޓުކުރާނެ ތަނުގެ ޕޮޒިޝަން އެނގޭނެ ގޮތަށް، އެ ސަަރަހައްދުގެ ޗާޓެއް ފޯމާއެކު ހުށަހަޅަންޖެހޭ އިރު އާބަން ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 50 މީޓަރުގެ ރޭޑިއަސް އެއްގައިކަން ފާހަގަ ކޮށްފައިވެއެވެ. އަދި ކަނޑުގެ ސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދޭނީ 150 މީޓަރު ރޭޑިއަސް އެއްގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ ޑްރޯން އުދުއްސުމުގެ ހުއްދަ ދޭނެ އެންމެ އުސްމިނަކީ 120 މީޓަރު ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top