ކިހާދޫސްކޫލްގެ ދަރިވަރުންކޮޅެއް އައްޑުއަށް

65208628_10158651632548009_1770379618126135296_n.jpg

ފޮޓޯ : މުހައްމަދު ޒުބޭރު

ތަޖްރިބާ ހޯދުމުގެ ދަތުރެއްގައި ކިހާދޫ ސްކޫލްގެ ގްރޭޑް 10ގައި ކިޔަވާ 12 ދަރިވަރުން އައްޑޫ ސިޓީއަށް މިއަދު ހިނގައްޖެއެވެ.

މި ދަތުރުގައި ދަރިވަރުންނާއެކު ބައިވެރިވާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޒުބޭރު ވިދާޅުވި ގޮތުގައި މި ދަތުރަކީ އެ ސްކޫލުގެ ދަރިވަރުންނަށް ތާރީހީ ގޮތުންނާއި ޖިއޮގްރަފީ ގޮތުން ތަފާތު މާހައުލެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު އަތޮޅުތަކުގެ ދިރިއުޅުމާއި އެމީހުންގެ އާދަކާދަތައް ގާތުން ބަލައި ހޯދުމުގެ ގޮތުން ކުރެވޭ ދަތުރެއް ކަމުގައެވެ.

“ދެ ދުވަހުގެ މިދަތުރުގައި ކޮންމެ ދަރިވަރަކުވެސް ހުންނާނީ ވަކި ގެއެއްގައި. އެކުދިންގެ ކެއުމާ ނިދުމާ މިފަދަ ހުރިހާ ކަމެއްވެސް ހިމެނޭ ގޮތަށް އެކުދިންނާ ހަވާލުވާނީ އައްޑޫ ހައިސްކޫލްގެ ދަރިވަރަކު. އެހެންވިމާ އައްޑޫސިޓީގެ މީހުންގެ ދިރިއުޅުމާ އާދަކާދައިގެ އިތުރުން މުހިއްމު ގިނަ ކަންތައްތަކެއް ދަރިވަރުން ނަށް އެނގިގެން ދާނެ.” ޒުބޭރު ވިދާޅުވިއެވެ.

ޒުބޭރު ވިދާޅުވީ އައްޑޫ ސިޓީއަށް ކުރާ މި ދަތުރުގައި، ޝަރަފުއްދީން ސްކޫލުގައި ދަރިވަރުންނަށް ސައިންސް އާއި އެކައުންޓިން އާ ގުޅޭ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޒުބައިރު ވިދާޅުވި އެވެ. އިތުރު ސްކޫލުތަކަށާއި އަތޮޅުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކޮށް، އެތަންތަނާ ބެހޭ މައުލޫމާތު އެއްކުރާނެއެވެ. އަދި ގަމުގައި ހުންނަ އިނގިރޭސިންގެ މޮނިއުމަންޓަށް ޒިޔާރަތްކުރުންވެސް ހަމަޖެހިފައިވާކަމަށް ޒުބޭރު ވިދާޅުވިއެވެ.

ޒުބައިރު ވިދާޅުވީ މި ދަތުރުގައި އައްޑޫ ހައި ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބެމުންއަންނަ ކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ.

ކިހާދޫ ސްކޫލްގެ ދަރިވަރުން އައްޑޫ ސިޓީއަށް ކުރާ މި ދަތުރު ނިންމާލުމަށްފަހު އެނބުރި އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top