އަދުނާނު ސާމީ : 206 ކިލޯއިން 75 ކިލޯއަށް ބަރުދަންލުއިކޮށްލަން ކުރި ދަތުރު

Adnan-Sami.jpg

ތޯޅީސޭ ލިފްޓްކަރާދޭ ” ލަވަކިޔައިގެން ދިވެހިންގެ ތެރެއަށް މަޝްހޫރުވި ޕާކިސްތާނަށް އުފަން އިންޑިއާގައި ދިރިއުޅޭ ލަވަކިއުންތެރިޔާ އަދުނާނުސާމީ އަކީ ދިވެނިންނަށް އާނަމެއްނޫނެވެ. އޭނާގެ ލަވަތަކަކީ ދިވެހިންގެ ހިތްތަކާވެސް ކުޅެލާފައިވާ ރީތި ލަވަތަކެކެވެ. މި އާދަޔާ ޚިލާފު މޮޅު ލަވަކިއުންތެރިޔާގެ ލަވަތައް ނުފެނި މެދު ކެނޑިގެން ދިއުމަށްފަހު ދެން އޭނާފެނުނު އިރު ހީވީ ހޫނު އެއަރބެލޫންއަކުން ވައި ދޫކޮށްލާފަ ހުރިހެންނެވެ. އޭނާގެ ސިފައަށް ހުރީ ހީވެސް ނުކުރާވަރުގެ ބޮޑު ބަދަލެއް އައިސްފައެވެ. ހަށިގަނޑާ ރޫފައާ އެއްވަރުގެ ރީތި، ބްރޭންޑް ނިއު އަދުނާނުސާމީއަކަށް ބަދަލުވެފައެވެ.

އޭނާގެ ބަރުދަނުގައި 206 ކިލޯ ހުރިއިރުވެސް އޯޑިއަންސް އޭނާބަލައިގަތީ ސިފައާއެއްވަރަށް އަޑުވެސް ރީތި މޮޅު ލަވަކިއުންތެރިއެއްގެ ގޮތުގައެވެ. އެހެންނަމަވެސް ބަރުދަން މިހާހިސާބަށް ދިއުމުން ދެން އޭނާއަށް ކުރިމަތިވަމުންދިޔައީ ވަރަށް އުނދަގޫ ދުވަސްތަކެކެވެ. އަމިއްލަ ދިރިއުޅުމާ ސިއްހީ އެތައް މައްސަލަތަކުގެ ސަބަބުން ޑިޕްރެޝަންއަށްގޮސް އެންމެފަހުން މިކަންތައްގަނޑުގެ ތެރޭގައި އަންހެނުން ވެސް ވަރިވެ މި ނޫނަސް ކިތަންމެ މައްސަލައެއް މެދުވެރިވެ އެންމެފަހުން ފަރުވާހޯދަން ޖެހުނީއެވެ.
އޭނާ އަށް އޭރު ނިދުންވެސް ވަނީ ވަރަށް އުދަނގޫ ކަމަކަށެވެ. އޮށޯތުމުން ނޭވާލުން ދަތިވާތީވެ ރަނގަޅަކަށް ނުނިދެއެވެ. ހަމައެހެންމެ އެންމެ ހައެއްކަފިޔަވަޅަށް ހިނގާލުންވެސް އޮންނަނީ ނުކުރެވޭކަމަކަށްވެފައެވެ. ހަށިގަނޑުބަރުވުމުގެ ސަބަބުން އޭނާގެ ފައިގާ އެ ބަރު ހަށިގަނޑު ހިފަހައްޓާލެވޭވަރުގެ ބާރު ނުހުންނަނީ އެވެ. އެހެންކަމުން އޭނާ އުޅެންޖެހުނީ ވަކި ގޮތަކަށް ތައްޔާރުކޮށްފައިވާ ވީލްޗެއަރއެއްގައެވެ. މަތިންދާބޯޓަށް އަރުވަން ބޭނުންކުރަނީވެސް ޚާއްސަ ވީލްޗެއަރއެކެވެ.

Adnan-Sami4

އެހާހިސާބުން އޭނާއަށް މަޖްބޫރުވީ ކޮންމެ ގޮތެއްހަދައިގެންވެސް ބަރުދަން ލުއި ކުރުމަށެވެ. އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކާ ސިއްހީ މައްސަލަތަކުގެސަބަނުން ޑޮކްޓަރުގެ ލަފައާ ބައްޕަގެ އެދުމާވެސް އެކު މި މަސައްކަތަށް އޭނާ ކުރިމަތިލީ އެހާ އަވަހަށް ނަތީޖާ ފެންނާނެކަމުގެ އުންމީދާއެކުގައެއް ނޫނެވެ. އެހެންނަމަވެސް ދުނިޔޭގައި އުޅެން ބޭނުންވާތީ ކޮންމެވެސް ވަރެއް ވާނެކަމުގައި ހީކޮށްގެން މަސައްކަތް ފެށީއެވެ.

ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފުރަތަމަ ހަމަސްދުވަސްވަންދެން ވަރަށް ބުރަކޮށް މަސައްކަތްކުރުމަށްފަހު ހަށިގަނޑު ލުއިވެގެން އައުމާ ބަރުދަންވެސް ލުއިވާން ފެށުމާއެކު ޚާއްސަ އެކްސްޕާޓެއްގެ ދަށުން އޭނާގެ ގައިޑާއެއްގޮތަށް މަސައްކަތް ފެށިއެވެ. ކެއުމާއެކު ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެނައެވެ. ޑޮކްޓަރ ލަފާދީފައިވަނީ ޕްރޮޓީންހުންނަ ކާނާ ކެއުމަށެވެ. ހަމައެއާއެކު ޕާން ،ބަތް، ތެލާ ހަކުރު ވަރަށްބޮޑަށް މަދުކޮށް އަލްކަހޯލްގެ ބޭނުންކުރުންވެސް މުޅިން ހުއްޓާލިއެވެ. އެކަމަކު އޭގެ މާނައަކީ އެބާވަތުގެ އެއްޗެތި ކެއުން މުޅިން ހުއްޓާލީއެއްނޫނެވެ. ގޭގައި ތައްޔާރުކުރާ ލޮނާނުލާ ހަދާފައިހުންނަ ޕޮޕްކޯންއާއި ޑައިޓް ޗޮކްލެޓްއާއި ޗޮކްލެތްފަޖް އާއި އައިސްކްރީމް ނާޅާހުންނަ ލޮލީ އާއި ރަހަމީރުނޫން އެއްޗެތި ކައި އުޅެއެވެ. މި ގަވާއިދާ އެއްގޮތަށް ދެމަސްދުވަސް ވޭތުވިއިރު އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އަދި ކޮންމެވެސް ވަރަކަށް ހިނގުމުގެ ގާބިލްކަން ހަށިގަޑަށް ލިބެން ފެށިއެވެ.

Adnan-Sami-6

މުޅިން ބަދަލުވުން
އަދުނާން ސާމީގެ ބަރުދަނުން 40 ކިލޯ ލުއިވެގެން ދިއުިމާއެކު އޭނާއަށް މި މަސައްކަތުގައި ކާމިޔާބު ލިބޭނެކަމާމެދު ޔަގީންކަން ބޮޑުވިއެވެ. މިހާ މަދު މަސްކޮޅެއްގެތެރޭގައި ލުއިވެގެންދިޔައީ ޑޮކްޓަރުންގެ ބަހާއި ފިޒިކަލް އިންސްޓްރަކްޓަރ އަންގާގޮތަށް ތެދުވެރިކަމާއެކު މަސައްކަތްކުރުމާއެކު ކެއުން ވަކި މިންގަނޑަކަށް ވަކި ގޮތަކަށް ބަހައްޓައިގެންނެވެ.

މިހާ ހިސާބުން ދެން އޭނާ ފެށީ ގޭގައި ހުންނަ ދުވާ މެޝިން ގެ އެހީގައި ދުވާށެވެ. . އަދި ހަމަ މިއާއެކު ވަރުގަދަ ކަސްރަތުތައްވެސް ކުރަންފެށިއެވެ.

އަދުނާނު މި ދުވަސްވަރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އަހަރެމެންގެ އެންމެ ބަލިފަޔަކީ ހަށިގަނޑު ބޭނުންވާވަރަށްވުރެ އިތުރަށް ކެއުންކަމުގައެވެ. ޚާއްސަކޮށް ސެލްބްރިޓީން އެކިއެކި ޕާޓތަކަށް ގޮސް މީރު އެއްޗެތި ކެއުމަކީ އެ ސްޓާރުން ހަލާކުކޮށްލާ ކަމެއްކަމުގައެވެ. އަދުނާނު ބުނީ އޭނާ މިހާރުވެސް ޕާޓީތަކަށް ދާކަމުގައާއި އެކަމަކު ކާ އެއްޗިއްސަށް މަކަރު ނުހަދާކަމުގައެވެ. އޭނާ ކާތަށި ފުރާ ފައިހުރި ނަމަވެސް އޭގައި ހުންނާނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑު ހުއްދަދޭ އެއްޗެތި ކަމުގައެވެ. އަދި ޕާޓީތަކުގައި އޭނާ އިންނަނީ ގިނައިން ފެންބޯން ކަމުގައިވިޔަސް މީހުންނަށް ހީވަނީ އޭނާ އެބޮނީ ވޮޑްކާ(ހުދުކުލައިގާ ހުންނަ ބަނގުރާ ) ކަމުގައެވެ. Adnan-Sami3

ނަތީޖާ
އަދުނާނު ސާމީއަކީ މިހާރު ދުނިޔެއަށްވެސް ނަމޫނާއެކެވެ. އޭނާ އެބުރި އަލުން ދުނިޔެއަށް އައީއެވެ. ސިއްހީ ގޮތުން ދިމާވި ހުރިހާ މައްސަލައެއްވެސް މިހާރު ހައްލުވެ ޑިޕްރެޝަންވެސް ރަނގަޅުވީއެވެ. 130 ކިލޯގެ ބަރުދަން 70 ކިލޯއަށް ލުއިކޮށްލީ އެންމެ 11 މަސްދުވަހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top