ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ކުޅުންތެރިންނަށް ހޫނު މަރްހަބާއެއް

12920410_1005034829571532_8479475013799282655_n.jpg

ބެޑްމިންޓަން ކުޅުންތެރިން ހޯދި ކާމިޔާބަށް މަރްހަބާކިއުމަށް އެއްވެފައިވާ އޭދަފުށީގެ ރައްޔިތުން. ފޮޓޯ : ބއތމ.

14ވަނަ މައިލޯ އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ބެޑްމިންޓަން ޓީމްތައް ކާމިޔާބާއެކު އެނބުރި އައުމުން އޭދަފުށީ ރައްޔިތުންނާއި ބ.އަތޮޅު ތައުލީމީ މަރުކަޒު އަދި ބެލެނިވެރިންެ ގުޅިގެން އެޓީމްތަކަށް ހޫނު މަރްހަބާއެއް ކިޔައިފިއެވެ.

10407268_1341500835876463_6160935876419770800_n

އިއްޔެ ހަވީރު ޓީމްތައް އޭދަފުއްޓަށް އައުމާއެކު އެޓީމްތަކަށް މަރްހަބާ ކިއުމުގެ ގޮތުން ސްކޫލްގެ ވެރިންނާއި ޓީޗަރުންގެ އިތުރުން ރަށުގެ ހުރިހާ ފުރައެއްގެ ވަރަށް ގިނަ ބަޔަކު ފާލަން ކައިރިއަށް އެއްވެ ތިއްބެވެ. އަދި އެކުދިން މުބާރާތުގައި ހޯދި ކާމިޔާބުގެ އުފަލުގައި މާމެލާމެލީގެ ގުލްދަސްތާތައް ވެދުން ކުރަމުން ދިޔައެވެ.12920256_1341500415876505_4821375524366305497_n

މި މުބާރާތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒު ހޯދި ކާމިޔާބުތަކުގެ ތެރޭގައި ސްކޫލުން ބައިވެރިކުރުވި 19 އަހަރުން ދަށުގެ ޓީމް އިވެންޓުން މުޅި ރާއްޖެއިން ވަނީ 1ވަނަ ހޯދާފައެވެ. އަދި 14 އަހަރުން ދަށުގެ ޓީމް ޓީމުއިވެންޓުން ވަނީ ރަނަރއަޕްގެ މަގާމް ހޯދާފައެވެ. އަދި 16 އަހަރުންދަށުގެ ޓީމްވެސް މުބާރާތުގައި ސެމީ ފައިނަލާ ހަމައަށް އާދެވުމަކީ އުފަލާއެކު ފާހަގަކުރަންޖެހޭކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

12376314_1341500149209865_8198611078338431391_n

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top