ސަލްސާގެ ހަދިޔާ: ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ރޭގަނޑު ކެއުމެއް

DSCN8817.jpg

ޑިނަރ ވައުޗަރު ހަވާލު ކުރުމުގެ ހަފްލާގެ ތެރެއިން --އީވީ ފޮޓޯ :ޝާހިރު

ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި އޭދަފުށީގައި ހުންނަ ސަލްސާ ރިޓްރީޓްގެ ފަރާތުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ރޭގަނޑު ފަރިއްކޮޅެއްގެ ގޮތުން ޑިނަރ ވައުޗަރެއް ދީފިއެވެ.

މި ވައުޗަރ، ޓީޗަރުންނާ ހަވާލު ކޮށްދެއްވީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ސްކޫލްގައި އޮތް ރޭގަނޑުގެ ޖާފަތެއްގެ ތެރޭގައި ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަފީއު އެވެ.

ރަފީއު ވިދާޅުވީ ސަލްސާ ރިޓްރީޓްގެ މި ހަދިޔާއަކީ އެކުންފުނިން ތައުލީމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ރަމްޒީ އެއްޗެއްގެ ގޮތުގައި ދެކެވަޑައި ގަންނަވާ ކަމަށެވެ.

“ޓީޗަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ ހަދިޔާއެއް ދެއްވުމަށް އިސްނަންގަވައި އެހެން ފަރާތްތަކަށް ނަމޫނާ ދެއްކެވި ކަމަށްޓަކާ ސަލްސާގެ އެމްޑީ. އިބްރާހީމް އާމިރުއަށް ޝުކުރު ދަންނަވަން. “ރަފީއު ވިދާޅުވިއެވެ.

ސްކޫލްގައި ވަޒީފާ އަދާކުރައްވާ އެހެން ޓީޗަރަކު ވިދާޅުވީ ސަލްސާ ރީޓްރީޓް، ތަފާތު ކަމަށެވެ.

“އޭދަފުށީގައި ފާހަގަކުރެވޭ ދީނީ އަދި ގައުމީ މުނާސަބާތަކުގައި ސަލްސާގެ އިޖްތިމާއީ ޒިންމާ އަދާކުރާ ގޮތަކީ ނަމޫނާ އެއް. އެއީ އެހެން މީހުން ބަލައިގަންނަން ޖެހޭ ކަމެއް.” ޓީޗަރު ވިދާޅުވި އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި 80 އަސްވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރައްވައެއެވެ.

ސަލްސާ ރީޓްރީޓް އޭދަފުށީގައި ހުޅުވުމަށްފަހު ފެނިގެން ދަނީ އޭދަފުށީގެ އިޖްތިމާއީ ހަޔާތުގައި މުހިއްމު ދައުރެއް އަދާ ކުރާ ބައިވެރިއެއްގެ ގޮތުގައެވެ. ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމަށް މަގު ފަހި ކޮށްދެއްވައި ގިނަ އެހީތަކެއް ވެދެއްވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ޚާއްސަކޮށް ކްލަބް އޭދަފުށީ ވުޖޫދު ވުމާއި އެކްލަބް ހިންގުމުގައި ސަލްސާގެ ދައުރު ބޮޑު ކަމަށް އޭދަފުށީގެ ޒުވާނުން ގަބޫލު ކުރެ އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު