ޓެކްސްޓް ފޮތްތައް ޑިޖިޓަލް ކުރަނީ

1570464460education-minister-final.jpg

ރާއްޖޭގެ މަދަރުސާ ތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ސްކޫލްތަކުގައި ޓެބްލެޓް ބޭނުން ކޮށްގެން ކިޔަވައިދިނުމަށް ނިންމާފައިވާ ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރަށްވުރެ ރަނގަޅަށް އަންނަ އަހަރު ޓެބްލެޓްތައް ބޭނުން ކުރެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވާކަމަށާއި ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްލޭނެއް މިހާތަނަށް ހަދާފައިނެތް ކަމަށެވެ. އެހެންނަމަވެސް ފިލާވަޅުތައް މުތާލިއާ ކުރުމަށް ޓެބްލެޓް ބޭނުންކުރަން އަންގާފައިވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެއާއެކު ސްކޫލްތަކުގެ އިންޓަނެޓް ކަނެކްޓިވިޓީ ދަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބައެއްރަށްރަށުގައި ޓެބްލެޓް ބޭނުން ކުރަމުން ނުދާކަމަށާއި ސްކޫލްތަކުގެ ވައިފައިގެ ޚިދުމަތް ރަނގަޅުކުރުމަށް ދިރާގާއެކު މަޝްވަރާ ކުރަމުންގެންދާކަމަށެވެ.

ޓެބްލެޓް ބޭނުންކުރުމުގައި ދިމާވާ އުނދަގޫތައް ދެނެގަތުމަށް ސަރވޭއެއް ފަށާފައިވާ އިރު، މިހާރު ހުރި ޓެބްލެޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށް ޑރ. ޢައިޝަތު ޢަލީ ވިދާޅުވިއެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުއެވެ.

މިގޮތުން ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓްވަނީ ބަހާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top