ފުޅަދުއާއި ފެހެންދޫގައި ޗައިނާ ސަރުކާރުގެ އެހީގައި ޓާފް ދަނޑު އަޅައިފި

DSCN2172.jpg

ފެހެންދޫ -- އީވީ ފޮޓޯ

ޗައިނާ ސަރުކާރުގެ އެހީގައި ބ. ފުޅަދޫ އާއި ފެހެންދޫގައި ޓާފް ދަނޑު އަޅައިފިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒްހޮންގް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ އެ ދަނޑުތައް މިހާރު ނިމިފައިވާކަން ހާމަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ޗައިނާ އެއިޑް ޕްރޮގްރާމްގެ ދަށުން ޖުމްލަ 35 ރަށެއްގައި އާޓިފިޝަލް ޓާފް ދަނޑުތަކެއް އެޅިގެންދާނެ ކަމަށެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ އެ ރަށުގައި އާޓިފިޝަލް ދަނޑުތައް އަޅަން ފެށީ މީގެ ދެމަހެއްހާ ދުވަސް ކުރިން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ 34 މީޓަރު، 34 މީޓަރުގެ ދަނޑެއް ކަމަށެވެ.

ޔޫތު މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަކަށް އެ ދަނޑުތައް ބޭނުންކުރަން ފަށާނެކަމަށްވެސް މޫސާ ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ރޭ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖޭގެ ކޮންމެ ސަރުކާރަކާ އެކުގައިވެސް މަސައްކަތްކޮށްފައިވަނީ ރަހުމަތްތެރިކަމާއެކު ދެ ގައުމަށްވެސް ފައިދާހުރި ގޮތަށް ކަމަށެވެ. ދިވެހި ރައްޔިތުންގެ އިހުސާސްތަކަށް ޗައިނާ ސަރުކާރުން އިހުތިރާމް ކުރާ ކަމަށާއި، ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިތިބި ތަރައްގީއަށް އެހީތެރިވެ ދިނުމުގައި ސިޔާސީ ޝަރުތެއް ނުހިމަނާނެ ކަމަށް ސަފީރު ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top