ދުސިތު ތާނީ ރިސޯޓް ވިއްކާލައިފި

Dusit-Thani-Maldives-Hotel-Resort-1-Villas.jpg

ބ.މުއްދޫގައި ހިންގަމުން އަންނަ -ދުސިތު ތާނީ ރިސޯޓް

ބ.މުއްދޫގައި ތައިލޭންޑް ކުންފުންޏަކުން ހިންގަމުން އައި ދުސިތު ތާނީ ރިސޯޓް ވިއްކާލައިފިއެވެ.

މި ރިސޯތް ވިއްކާލާފައިވަނީ 63 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 971 މިލިއަން ރުފިޔާ) އަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ “މޯލްޑިވްސް އިންސައިޑާ” ގައިވާ ގޮތުން ތައިލެންޑުގެ ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޓެޑުން ހިންގާ މި ރިސޯޓު ވިއްކާލާފައި ވަނީ އެ ކުންފުނީގެ ދަށުން ހިންގާ އެހެން ސިސްޓާ ކުންފުންޏެއް ކަމަށްވާ ދުސިތު ތާނީ ފްރީ ހޯލްޑް އެންޑް ލީސް ހޯލްޑް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ޓްރަސްޓް ކުންފުންޏަށެވެ.

ރިސޯޓު ވިއްކާލުމާބެހޭ ގޮތުން ދުސިތުން ބުނެފައިވަނީ ރާއްޖޭގެ ދުސިތު ތާނީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކަށް ވިއްކާލަން ނިންމީ، އިންވެސްޓަރުންގެ އިތުބާރު ބޮޑުކޮށް ހިއްސާގެ ފައިދާ ވެސް ބޮޑު ކުރާށެވެ.

ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީގެ ޗީފް އެގްޒެކްޓިވް ސުޕަޖީ ސުތުމްޕު ވިދާޅުވެފައިވާ ގޮތުގައި 72 މިލިއަން ޑޮލަރުގެ ރިސޯޓު ވިއްކާލުމުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން އިތުރު ފައިސާ ލިބޭނެ އެވެ.

ދުސިތު ތާނީން ، ރާއްޖޭގެ އިތުރުން ފިލިޕީންސާއި ތައިލެންޑް އަދި އެމެރިކާ އާއި މިސްރު ފަދަ ގިނަ ގައުމުތަކުގައި ރިސޯޓު ހިންގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top