ދަރަވަންދޫ ބަލިކޮށް ކެންދޫގެ ފެށުން ރަނގަޅުކޮށްފި

DSCN8460.jpg

އޭދަފުށީގައި އޮތް މުބާރާތެއްގައި ދަރަވަންދުއާއި ކެންދޫ ވާދަކުރި މެޗެއްގެ ތެރެއިން -- އީވީ ފައިލްފޮޓޯ

ބ.ފުޓްބޯލް ޗެލެންޖްގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރި ކެންދޫއާއި ދަރަވަންދޫ ގެ މެޗު ކެންދޫ ކާމިޔާބުކޮށްފިއެވެ.

އޭދަފުށީ ޓާފް ދަނޑުގައި ކުރިއަށްގެންދާ މި މުބާރާތުގައި ތިން ޓީމް ހިމެނޭ ގްރޫޕްގެ ފުރަތަމަ މެޗު ކެންދޫ ކާމިޔާބުކުރީ 5-3 ނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައިވަނީ ދަރަވަންދޫންނެވެ. މެޗުގެ ދެވަނަ މިނިޓްގައި މިލަނޑު ޖަހައި ލީޑު ހޯދައިދިނީ ސާމިހު އަލީ ޝަރީފެވެ. އެކަމަކު އޭގެ ދިހަ މިނިޓް ފަހުން ކެންދޫ ޓީމުގެ އަލީ ޝާއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ ތިން މިނިޓްފަހުން ރަބީއު އަހުމަދު ކެންދޫއަށް ލީޑް ހޯދައިދިނެވެ. ފުރަތަމަ ހާފް ނިމުނުީ 2-1 އިން ކެންދޫ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ކެންދޫން އިތުރު ދެލަނޑުޖަހައި 17 އަހަރުގެ އަލީ ޝާއިން ވަނީ ހެޓްރިކްހަދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވަނީ އޭނާއެވެ.

މިމެޗު، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅުނީ ކެންދޫއިންނެވެ. ހަމައެއާއެކު ކެންދޫގެ ޒުވާން ޓީމުގެ ރީތި އަދި މޮޅު ކުޅުން ގިނަ ބަޔަކަށް ފާހަގަ ކުރެވިގެން ދިޔައެވެ.

މި މެޗުގައި ދަރަވަންދޫ ޓީމުން ޖެހި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އަނިލް އެވެ. 

ގްރޫޕް އޭގައި މިދެޓީމްގެ އިތުރުން ހިމެނެނީ ދޮންފަނެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވާދަކުރާނީ މި ގްރޫޕްގެ ގޮއިދޫއާއި ކުޑަރިކިލެވެ.

މި މުބާރާތަކީ ފޯސީޒަން ރިސޯރޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރުން ސްޕޮންސަރކޮށްގެން، އޭދަފުށީގެ  ވެސްޓް ވިންގްސް އިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top