ޚަރަދުތައް ކޮންމެވެސް ވަރަކަށް ކުޑަވާނެކަމަށް ފެންނާތީ ކަމަދޫ ކައުންސިލްގެ ނާއިބުރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

13654213_1753601708228297_1526359290172001338_n.jpg

ބ.ކަމަދޫ

ކަމަދޫ ކައުންސިލްގެ ނައިބުރައީސް ހަސަން ޒަރީރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކަމަދޫ ކައުންސިލްގެ ރައީސަށް ލިއުއްވި އިސްތިއުފާގެ ސިޓީގައި އޭނާ ލިއުއްވާފައިވަނީ ، ރާއްޖޭގެ ހުރިހާ ރައްޔިތުން އާއްމުކޮށް ކާން ބޭނުންކުރާ ކާޑުގެ ބާވަތްތައް މިވަނީ އަތްނުފޯރާ ވަރަށް ބޮޑުކޮށްފައިކަމަށާ ލާމަރުކަޒީ ގާނޫނުވެސް މިވަނީ އަނދާ އަޅިއަށް ހަދާލާފައިކަމާ މިހުރިހާކަމެއް މިކުރަނީ ޚަރަދު ކުޑަކުރާށޭ ކިޔައިގެން ކަމަށްވާތީ އަޅުގަނޑު އެކަނިނަމަވެސް އިސްތިއުފާދީފިނަމަ މި ސަރުކާރުގެ ޚަރަދުތައް ކޮންމެވެސް ވަރަކަށް ކުޑަވާނެކަމަށް ފެންނާތީވެ އިސްތިއުފާ ދެއްވީކަމުގައެވެ.

ޒަރީރު ވިދާޅުވީ މިސަރުކާރުން ކުރާ އެއްވެސް ކަމެއްގައި  މި ކުދިކުދި ރަށްރަށަށް ފައިދާއެއް ނުވާކަން ރައްޔިތުންވެސް ގަބޫލުކުރާ ކަމަށާއި ހުރިހާ އަސާސީ ޚިދުމަތަކުން ވަނީ މަހުރޫމްވެފައި ކަމުގައެވެ. އަދި މިސަރުކާރުން ނިންމަވާ އެއްވެސް ކަމެއްގައި އޮއްޓަރެއްްނުހުންނަ ގަބޫލުކުރާ ރައްޔިތުންވެސް މަދު ނޫންކަމުގައެވެ.

ސަރުކާރު ގެ ތަރައްގީގެ ޕްރޮޖެކްޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާދުވަސްވަރެއްގައި ޒަރީރު އެހެން ވިދާޅުވުމުން  ކަމަދޫ ގެ ހާލަތު އޮޅުން ފިލުވާލުމަށް ކަމަދޫގެ ކައުންސިލްގެ ރައީސަށް ގުޅުމުން ވިދާޅުވީ މިވަގުތު އިންނެވީ މީޓިންގއެއްގައި ކަމަށާ ފަހުން ގުޅާލުމަށެވެ.  ފަހުން ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އެމައުލޫމާތު ލިބޭގޮތެއް ނުވިއެވެ.

އެހެންނަމަވެސް ފެނަކަ ބ. އަތޮޅުބްރާންޗްގެ މެނޭޖަރ އަލީ ޝަފީގު ވިދާޅުވިގޮތުގައި ކަމަދޫގެ ކަރަންޓްގެ ހާލަތު މިހާރުވާނީ މިއަތޮޅުގެ އެންމެ ފެންވަރު ރަށަށްބަދަލުކޮށްދައި ކަމުގައެވެ.

އަަލީ ޝަފީގު ވިދާޅުވީ މިސަރުކާރު ވެރިކަމަށް އައިއިރު އެހެން ރަށްރަށެކޭ އެއްފަދައިން ކަމަދޫގެ ކަރަންޓްގެ ހާލަތުވެސް އޮތީ ވަރަށް ދަށު ދަރަޖައިގާ ކަމަށެވެ.

” އޭރު އެއް ސަރަހައްދުގެ މީހުން ފަންކާއެއް ޖަހައިފިނަމަ އަނެއްއަވަށުގެ މީހުން ތިބެނީ މޯޓަރު ނުޖެއްސިފައި. އެހެންނަމަވެސް ފެނަކައިން މިއަދު ކަމަދޫގައިވާނީ 180 ކިލޯވޯޓްގެ މުޅިން އާ ދެ ޖެނެރޭޓަރ ބަހައްޓައި އާ ޕެނަލް ބޯޑެއްވެސް ގާއިމު ކުރެވިފައި. ކަމަދޫގެ އިންޖީނުގެ މަރާމާތުކުރުމަށްފަހު އެތަނުގެ ވަށާފާރުވެސް ލައި އާ ޑިސްޓްރިބިއުޝަން ނެޓްވޯކެއްވެސް މިހާރުވާނީ ގާއިމް ކޮށްދެވިފަ. ” އަލީ ޝަފީގު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top