އެންމެ ކުޑަ ފާސިރުވެސް ފުޓްބޯޅައަށް

Senety-kokko-1024x683.jpg

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް އަބްދުﷲ ފާސިރުއާ ސަލާން ކުރަނީ. ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅައިގާ އެންމެ ފާހަގަކުރެވޭ މަދު މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވޭތުވެ ދިޔަ ދެއަހަރުވެސް ހޯދި ދެ އަހަރުވެސް ހޯދި ކުޅަދާނަ ފޯވާޑް އޭދަފުށީ އަލިފާސިރު(ސެންޓޭ ) ގެ އާއިލާގެ އެންމެ ހަގު، އަބްދުﷲ ފާސިރު ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ނަގައިފި އެވެ.

15 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އުމުރުން 14 އަހަރުގެ އަބްދުﷲ ފާސިރު މިރޭ ވަނީ މިއަހަރުގެ ޔޫއެފާ ޔޫތް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމަށް ތައިލެންޑަށް ފުރާފަ އެވެ.

ގައުމީ ޓީމާއެކު ފުރުމުގެ ކުރިން އަބްދުﷲ ފާސިރު ވަނީ ދާދި ފަހުން ބޭއްވި ދުޅަހެޔޮ ހަށިހެޔޮ އީދުގެ ފުޓްބޯޅަ އިވެންޓުގައި 19 އަހަރުން ދަށުގެ ޓީމަށް ފުރަތަމަ އެގާރައިގައި ކުޅެފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 ގައި މިއަހަރު ތައުލީމު ހާސިލުކުރި އަބްދުﷲ ފާސިރު އެ މެޗަށް ގެންދިޔައީ މިދިޔަމަހު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އޭދަފުއްޓަށް ކުރި ދަތުރެއްގައި ފާސިރުގެ ކުޅުން ފެނިގެންކަމަށްވެއެވެ.

އަތޮޅު ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއެރުވުމުގެ ގޮތުން ކޮންމެ ޒޯނެއްގައި ހާއްސަ އޮފީސްތަކެއްވެސް ގާއިމު ކުރުމުގެ މަސައްކަތް މިހާރު އެފްއޭއެމް އިން ދަނީ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top