ޖަރާސީމުން ތަޣައްޔަރު ވެފައިވާތީ ހަަތަރު ބާވަތެއްގެ ހާބްސް ނުވިއްކަން އަންގައިފި

veiligheidswaarschuwing-verstegen-citroengras-producten-pn5pchrtr99mb7l4j6ehztm6o5siyqf0umhq6xkne8.jpg

'ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީވީ' ބްރޭންޑްގެ ހާބަލް މިކްސް

ޖަރާސީމުން ތަޣައްޔަރު ވެފައިވާ 4 ވައްތަރެއްގެ ހާބްސް އެއް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިިފިއެެވެ.

ސެލްމޮނެއްލާ ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ‘ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީވީ’ ބްރޭންޑްގެ ހާބަލް މިކްސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެންގީ މިއަދު އެ އޮތޯޓީން ނެރުނު ބަޔާނެއްގަ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ސެލްމެނައްލާ އިން ތަޣައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީ.ވީ ބްރޭންޑުގެ ހާބަލް މިކްސް ރާއްޖެއަށް އެތެރެވެފައިވާ ކަަމަށް ޔޫރަޕިއަން ޔޫނިއަންގެ އާރުއޭއެސްއެފްއެފް އިން އެ އޮތޯރިޓީއަށް އަންގާފައި ވާ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

‘ވޭސްޓެޖަން ސްޕައިސަސް އެންޑް ސޯސަސް ބީވީ’ ބްރޭންޑްގެ ހާބަލް މިކްސް އަކީ ނެދަލޭންޑްގެ އުފެއްދުމެކެވެ. އަދި މި އުފެއްދުން ހޯލްސޭލްކުރަނީ ‘އެންއެލް ފޫޑް ބީވީ’ ކިޔާ އެ ގައުމުގެ ކުންފުންޏަކުންނެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއަކީ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ އިދާރާއެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ އުފެއްދުން ތަކަކީ އެތެރެ ކުރުން ހުއްދަ ތަކެތިތޯ އެއަރޕޯޓާއި ސީޕޯޓްގައި ޗެކްކުރާ އޮތޯރިޓީއެވެ.

ރާއްޖޭގައި ބޭނުންކުރުން ހުއްދަ ބޭސްތަކާއި ހުއްދަ ނޫން ބޭސްތައް ވެސް ކަނޑައަޅާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top