ތުޅާދޫ ވިލުން މަސްތުވާތަކެތި ފެނިއްޖެ

4CB482C9-E48A-48F6-8CDF-B94BA4539A92-755x435.jpeg

ތުޅާދޫ ވިލު ތެރެއިން ފެނުނު މަސްތުވާތަކެތި--- ފޮޓޯ/ ޕޮލިސް

ބ.ތުޅާދޫ ވިލުތެރޭގައި މަސްބާނަން އުޅުނު ބަޔަކަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ވީޑު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރު 12:00ހާއިރު، ތުޅާދޫ ވިލު ތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކުން ވީޑު ކަމަށް ބެލެވޭ ހަތަރު ޕެކެޓް ހޮވާފައި ވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން އެތަނަށްގޮސް އެތަކެއްޗާ ހަވާލުވެ މިހާރު އެތަކެތި ހުރި ފުލުހުންގެ ބެލުމުގައި ކަމަށެވެ.

ފުލުހުން މިހާރުވެސް ގެންދަނީ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ވީޑަކީ ދުނިޔޭގައި ހުރި މަސްތުވާތަކެތީގެ ތެރެއިން ބާރުގަދަ އެއް ވައްތަރެކެވެ. ނުރައްކާތެރި ބާވަތެއްކަމުގައިވާ ކެނަބިސް އުފެއްދުމަށްވެސް ވީޑު ގަަސް ބޭނުން ކުރާއިރު، މެރުއާނާވެސް މި ބާވަތަށް ކިޔާ އުޅެއެވެ.

މިއީ، ފަހުގެ ތާރީޚެއްގައި ރާއްޖެއިން މިހާ ގިނަ އަދަދެއްގެ ވީޑު އަތުލައިގަތް ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top