ޓާފް ދަނޑަށް ބޭނުންވާ ތަކެތީގެ އާޝިޕްމަންޓެއް އަތުވެއްޖެ

32831324_1592633024192537_8716227564173000704_n.jpg

ޓާފް ދަނޑުއެޅުމަށް ބޭނުންވާ ތަކެތީގެ ތެރެއިން މިއަދު ގެ ޝިޕްމަންޓުގައި ހިމެނޭ ބައެއްތަކެތި

އޭދަފުށީ ޗާނދަނީގޭ އަހްމަދު ނަޒީރު (ކްރައުން ނަޒީރު ) އޭދަފުށީގައި އަޅުއްވައިދެއްވުމަށް ނިންމާފައިވާ އިންޓަނޭޝަނަލް ފެންވަރުގެ ޓާފް ދަނޑު އެޅުމަށް ބޭނުންވާ ތަކެރީގެ އިތުރު ޝިޕްމަންޓެއް މިއަދު އޭދަފުއްޓަށް އަތުވެއްޖެއެވެ. މި ޝިޕްމަންޓްގައި ފުޓްބޯޅަ ދަނޑު އެޅުމަށް ބޭނުންވާ ޓާފް އާއި ޓާފު އެޅުމަށް ބޭނުންވާ ސާމާނާއި ދަނޑު ތެރެއަށް ފެން ހިންދާ އަދި ބޯޅަ ބައުސް ކުރުމަށް ހަދާ ޝޮކް ޑްރެއިން ސިސްޓަމެއްވެސް ހިމެނެއެވެ.

މި ޓާފް ދަނޑަށް ބޭނުންވާ ތަކެތީގެ އިތުރު ޝިޕްމަންޓެއް އަންނަ ހަފްތާ ތެރޭގައިވެސް ގެންނާނެ އެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ގެނައި ޓާފް ޝިޕްމަންޓަކީ އެންމެފަހުން ފީފާ ވޯލްޑްކަޕް ކޮލިފިކޭޝަންގައި ވެސް ޓެސްޓްކޮށް އެޕްރޫވް ކޮށްފައިވާ ޓާފެވެ.

ދަނޑު ހެދުމުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންކުރާ މެޝިނަރީޒް އާއި މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު މިދިޔަ މާޗު މަހު ވަނީ އޭދަފުއްޓަށް ގެނެސްފަ އެވެ.

އޭދަފުށީގެ ޒުވާނުންނަށް ބައިނަލް އަގްވާމީ ފެންވަރުގެ ޓާފް ދަނޑެއް އަޅުއްވައިދެއްވާނެކަމަށް މިދިޔަ މަޖްލިސް އިންތިހާބުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭންގެ ޖަލްސާއެއްގައި ނަޒީރު ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން އެ ދަނޑުގައި ޓާފް އެޅުމުގެ އިތުރުން ލައިޓް ސިސްޓަމުތައް ވެސް ހަރުކުރާނެއެވެ.

ފުޓްބޯޅައިގެ ރީތި ތާރީޚަކާއި ފުޓްބޯޅައަކީ އެކުދިންގެ ލެއާގުޅިފައިވާ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފައްދާފައިވާއިރު އޭދަފުށީގައި އެކަށީގެންވާ ފުޓްބޯޅަ ދަނޑެއް ނެތުމަކީ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއެވެ. މި ޓާފް ދަނޑުގެ ސަބަބުން އެޝަކުވާ އަށް ނިމުމެއް އަންނާނެކަމަށް ޒުވާނުން ބުނެއެވެ.

ޓާފު ދަނޑު އަޅަން ހަމަޖައްސާފައި ވަނީ އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގަ އެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ރަސްމިއްޔާތަކާ އެކު މި ދަނޑު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top