އޭދަފުއްޓަށް އުފަން ޑރ. އަބްދުއްސައްތާރު ޔޫސުފް، އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމަވާފައިވާ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފި އެވެ.
ޑރ. އަބްދުއްސައްތާރަކީ ވަރަށް ގިނަ އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރައްވާ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޑރ. އަބްދުއްސައްތާރު ރަނިންމޭޓެއްގެ ހުށަހެޅުން ފާރިސްގެ ފަރާތްޕުޅުން ލިބިވަޑައިގަތުމާ ގުޅިގެން އެ ފުރުސަތު ގަބޫލުކުރެއްވީ ގައުމު މިއަދު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަށް އެންމެން ގުޅިގެން ގެންދެވޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު މެންދުރުފަހު 2:00ގެ ނިޔަލަށެވެ.