މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާމީހަކު އޭދަފުށިން ހައްޔަރުކޮށްފި

police-1811.jpg

ފުލުހުން ގެއް ބަލައި ފާްކުރުމުގައި --ފޮޓޯ:ޕޮލިސް ލައިފް

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ބ. އޭދަފުށިން 27އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔާފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭދަފުށީގެ ގެއެއް ބަލައިފާސްކޮށް މަސްތުވާ ތަކެއްޗާއެކުއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑާއި އޭނާ ދިރިއުޅެމުންދާ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ސެލޯފިންކޮޅާއި 26 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top