އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް އެމް7, އިސްނަގައިފި

big_bLN4mPx9qNkvN43YUijc47ADf.jpg

އެމްޕީ.އަހުމަދު ސަލީމަށް އެމްސެވަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަބްދުއް ސައްތާރު ފުޅި ހަވާލުކޮށްދެއްވަނީ - ފޮޓޯ :އަވަސް.އެމްވީ

އެއްފަހަރު ބޭނުން ކޮށްފައި އެއްލައިލާ ޕްލާސްޓިކް މަދު ކުރުމަށް އިސްނެގުމުގެ ގޮތުން މަޝްހޫރު އެމް ސެވަން ކުންފުނިން އެފަދަ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފިއެވެ.

ޕްރިންޓުގެ ވިޔަފާރީގައި ރާއްޖެއިން ފާހަގަކުރެވޭ، ބ.ހިތާދު ކުރީގެ ކަތީބު އަބްދުއްސައްތާރު ގެ އާއިލާއަށް ނިސްބަތްވާ އެމް7 ޕްރިންޓް އޮފީހުގައި މިއަދު  ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހުމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެމް ސެވަން އިން މިއަދު ނެގި މި އިސްނެގުމަކީ ރާއްޖޭގެ އެހެން ކުންފުނި ތަކަށް ނަމޫނާ އިސްނެގުމެއް ކަމަށެވެ. އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މިކަމުގެ ނަތީޖާ ގައުމީ ފެންވަރުގައި ފެންނާނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށް ވިދާޅުވެ މިކަމުގައި ހައްލު ހޯދޭނީ ފަރުދީ ލެވެލްގަ އާއި، އޮފީސް ލެވެލް އަދި ކުންފުނިތަކުގެ ލެވެލްގައި މަސައްކަތް ކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެ އަކީ ކުޑަކުޑަ ގައުމަކަށް ވިޔަސް މިއީ ނިސްބަތުން މިސަރަހައްދުގައި އެންމެ ގިނައިން ކުނި އުފައްދާ ގައުމު ކަމަށާއި އެކަމުގައި ފަރުދީ ޒިންމާ ވަރަށް ބޮޑު ކަމަށާ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލެވޭ ޕްލާސްޓިކް ކުނިން ރާއްޖެ އަށް ވަރަށް ބޮޑު ނުރައްކަލެއް ކޮށްފާނެ ކަމަށާއި އޭގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަން ހަލާކުވެ ހިނގައިދާނެކަމަށް ސަލީމު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެމް ސެވަންގެ އެމްޑީ، މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ އެމްސެވަން އިން އެއްފަހަރު ބޭނުން ކޮށްފައި އެއްލައިލާ ޕްލާސްޓިކް ހުއްޓާލަން ނިންމީ ސަރުކާރުން ހިންގަމުން ގެންދާ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ކެމްޕޭންގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. އަދި 100 އަށް ވުރެ ގިނަ މުވައްޒަފުން ކުންފުނީގައި މަސައްކަތް ކުރާއިރު ކޮންމެ ދުވަހަކުވެސް ގިނަ ފުޅިތަކެއް ގެނެވި އުކާލެވެމުންދާ ކަމަށް ސައްތާރު ވިދާޅުވި އެވެ.

ޕްލާސްޓިކް ފުޅީގެ އިތުރުން އެމް 7 ގައި އިންކް މެޓީރިއަލްވެސް އެންވަޔަރަންމަންޓް ފްރެންޑްލީ ތަކެތީގެ ގޮތުގައި މީގެ ފަސްއަހަރު ކުރިން ބޭނުން ކުރަން ފަށާފައިވާކަން ސައްތާރު ފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top