ދިރާގުން ގިގަބިޓްސް ސްޕީޑް އިންޓަނެޓް ޚިދުމަތް އޭދަފުއްޓަށް

Ismail-Rasheed-Dhiraagu-CEO.jpg

ދިރާގުން ރާއްޖޭގައި އަލަށް ގިގަބިޓްސް ސްޕީޑްގައި އިންޓަނެޓް ހިދުމަތް މިއަދު ތައާރަފްކޮށް މި ހިދުމަތް ލިބޭ ރަށްތަކުގެ ތެރޭގައި އޭދަފުށި ހިމެނޭ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިޔާތެއްގައި މި ޚިދުމަތް ތައާރަފް ކޮށްދެއްވީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަހު މަލީހު އެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވީ ދިރާގުން ކޮންމެ ހިދުމަތެއް ދެމުން ގެންދާއިރުވެސް ބޮޑަށް ބަލަނީ ރާއްޖޭގެ ވީހާވެސް ގިނަ ބަޔަކަށް އެ ހިދުމަތެއް ފޯރު ކޮށްދިނުމަށް ކަމަށެވެ.

“ގިގަބިޓްސް ސްޕީޑްގައި އިންޓަނެޓް މި ލޯންޗް ކުރެވުނީ ދިރާގު ކަސްޓަމަރުންގެ ވަރަށް ބޮޑު އެދުމެއްގެ މަތިން, ފިކްސް ބްރޯޑް ބޭންޑް ބޭނުން ކުރާއިރު އެންމެ ރަައުޓަރ އަކުން ގިނަ މީހުން ބޭނުން ކުރުމުން ނެޓް ސްލޯވޭ. މި މައްސަލައަށް މި ހިދުމަތުގެ ސަބަބުން ހައްލު ލިބޭނެ” އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މާލެސިޓީގެ އިތުރުން އޭދަފުއްޓާއެކު ސިކުންތަކު 1 ގިގަބައިޓްސް ސްޕީޑުގައި މި ހިދުމަތް މިއަދު ތައާރަފު ކުރި ރަށްރަށަކީ ހދ ކުޅުދުއްފުށި, ލ.ގަން, ލ. ފޮނަދޫ, އައްޑޫ ސިޓީ, އދ ދަގެތި, ފުވައްމުލަކެވެ.

ގިގަބިޓްސް ސްޕީޑުގައި މިހާރު ބޭނުން ކުރާ ފިކްސް ބްރޯޑް 100 އެމްބީބީއެސް އަށް ވުރެން 10 ގުނަ ސްޕީޑްގައި ހަލުވި އިންޓަނެޓް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރުވެސް ދެމުންދާއިރު މިހާރު ރާއްޖޭގެ 58 ރަށެއްގައި ދިރާގުން ފައިބާ އޮޕްޓިކް ކޭބަލް ނެޓްވޯކު ވަނީ އަޅާފައެވެ.

ދިރާގުން އަލަށް ތައާރަފު ކުރި ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ހިދުމަތް ހޯދަން އެކަމަށް ހާއްސަކޮށްފައިވާ ޑިވައިސް އާއި ރައުޓާއެއް ބޭނުންވާނެ އެވެ. އެ ރައުޓަރު ހިދުމަތާއެކު ހިލޭ ދޫކުރާނެ އެވެ. އަދި ފިލްމު ޑައުންލޯޑު ކުރުމާއި ލައިވް ކޮންފަރެންސް ތަކަށް ވެސް މި ހިދުމަތުގެ ސަބަބުން ފަސޭހަ ވާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top