އިންސާފު ގާއިމްކުރަން ފުރުސަތު ލިބި އެކަން ނުކޮށް އަނިޔާގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް: އެމްޕީ އަލި

image_PAtixSJ97M68cCD.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން --ފޮޓޯ މަޖިލިސް

އިންސާފު ގާއިމްކުރަން ފުރުސަތު ލިބުމުން ވެސް އެކަން ނުކޮށް، އަނިޔާގެ ވާހަކަ ދައްކަން ތިބުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ މިހެން ވިދާޅުވެފައި މިވަނީ އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ އާންމު މެމްބަރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑެތި ފާޑުކިޔުންތަކެއް ސޯޝަލް މީޑިޔާގައި އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިންސާފު ހޯދައިދޭން ފުރުސަތު އެތަކެއް ފަަހަރު ލިބުމުން ވެސް އިންސާފާއި އަދާލަތު ގާއިމް ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތްކަމެއް ނޫން ކަމަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި މިއަދު ބުނީ މާފުށި ޖަލުގައި ހިނގާދިޔަ ބަޑި ޖެހުމުގެ ހާދިސާގައި އެތައް ގައިދީންތަކަކަށް ލިބުނު އަނިޔާއާ ގުޅޭ ގޮތުން އެތައް ކަމެއް އޮޅުން އަރާފައިވާ ކަމަށާއި އެކަމުގެ ހަގީގަތް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top