ބީޗް ވޮލީބޯޅަ ޗެންޕިއަން ގޮއިދޫ ސްކޫލް ތަށި ދިފާއުކުރުމަށް ފުރައިފި

goidhoo-1.jpg

ބީޗް ވޮލީ ބޯޅަ ޓީމް މާލެ ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން / އީވީ ފޮޓޯ: ތޯހާ ނިޔާޒް

ބ. ގޮއިދޫން ތޯހާ ނިޔާޒު

ވޭތުވެދިޔަ ދެއަހަރު ބީޗް ވޮލީބޯޅަ އިންޓަސްކޫލްގެ ޗެންޕިއަން ގޮއިދޫ ސްކޫލް ތަށި ދިފާއުކުރުމަށް މިއަހަރުގެ މުބާރާތަށް ފުރައިފިއެވެ.

ގޮއިދޫ ސްކޫލުން ބުނީ މިއަހަރުގެ މުބާރާތަށް އެސްކޫލްގެ އަންހެން ވޮލީ ޓީމުން 4 އަދި ފިރިހެން ވޮލީޓީމުން 4 ކުޅުންތެރިންނާއި، 2 އޮފިޝަލް މާލެފުރީ މިއަދުކަމަށާ، މުބާރާތުގެ ފުރަތަމަ މެޗް މާދަމާ ހެދުނު ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.

ގޮއިދޫ ސްކޫލުން ބުނީ މިއަހަރުވެސް ފާއިތުވި އަހަރުގެ ކާމިޔާބު ތަކުރާރު ކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށާ، ޗެންޕިއަންކަން ދިފާއުކުރުމަށް ޓީމް ތައްޔާޜުވެފައިވާކަމަށެވެ.

ބީޗް ވޮލީބޯޅައިން ގޮއިދޫ ސްކޫލް ހޯދާފައިވާ ޓްރޮފީތައް / ފޮޓޯ: ތޯހާ ނިޔާޒު

ކުޅިވަރުގެ މުބާރާތްތަކުގައި މުޅިރާއްޖެއިންވެސް ރަންވަނަތަކެއް ހޯދަމުން އަންނަ ގޮއިދޫ ސްކޫލް ބީޗް ވޮލީބޯޅަ ޓީމް މުބާރާތުގެ އަންހެން ޑިވިޜަންގައި 2015 އަދި 2016ގައި ވަނީ ޗެންޕިއަންކަން ހޯދާފައެވެ. ފިރިހެން ޑިވިޜަންގައި މިދިޔައަހަރު ރަނައަޕްގެ މަގާމްވެސް ހޯދިއެެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top