ވޯލްޑް ކަޕް މެޗުތައް މީޑިއާނެޓް މެދުވެރިކޮށް ޓީވީއެމް އަދި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ

678847710_1412128194267469_6526030753391685999_n.jpg

މިއަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް، މީޑިއާނެޓް މެދުވެރިކޮށް ޓީވީއެމް އާއި ޔެސް ޓީވީން ހިލޭ ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މީޑިއާނެޓުގެ ކޭބަލް ޓީވީގެ އިތުރުން، އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ކޮންމެ ތަނެއްގައި ހުރެގެން ވެސް މެޗުތައް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

މި އިންތިޒާމުގެ ދަށުން ލިބިގެންދާނެ އެންމެ ބޮޑު އެއް ލުޔަކީ، މީޑިއާނެޓުގެ ޕެކޭޖަށް ފައިސާ ނުދެއްކި ނަމަވެސް، ވޯލްޑް ކަޕް ދައްކާ ޗެނަލްތައް މެދުނުކެނޑި ބަލާލެވޭނެ ގޮތް ހަމަޖެހިފައިވުމެވެ.

މެޗުތަކުގެ އިތުރުން، ޕީއެސްއެމް އިން ވަނީ ސަޕޯޓަރުންނަށް ޚާއްސަ އިތުރު ޕްރޮގްރާމްތަކެއް ވެސް ރާވާފައެވެ. މީގެ ތެރޭގައި މެޗުތަކުގެ ކުރިން ގެނެސްދޭ ޕްރީ-ޝޯތަކާއި، ފުޓުބޯޅަ އެނަލިސްޓުންނާއެކު މެޗުތައް ދިރާސާކުރާ ޚާއްސަ ޕްރޮގްރާމްތައް ހިމެނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ ހުރިހާ މެޗެއް، އެއްވެސް އިތުރު ޗާޖެއް ނުވަތަ ފީއަކާ ނުލައި ހިލޭ ބެލޭނެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ޒުވާނުންނަށް ދިން ހަދިޔާއެއްކަމަށް، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ އެމްޑީ ޝަކީބު ވިދާޅުވިއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގެ ހުރިހާ މެޗަކާއި، ޕްރީ ޝޯވތައް އަދި ގުޅުންހުރި އެހެނިހެން ޕްރޮގްރާމުތައް ވެސް ދެއްކުމުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެހި، ވާންޖެހޭ ތައްޔާރީތައް ޕީއެސްއެމްއިން ފަށާފައިވާއިރު، ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑްކަޕް ހިލޭ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ 1986ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އެއީ ދިވެހި ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް، ޚާއްސަކޮށް ފީފާ ވޯލްޑްކަޕަށް އޮންނަ ފޯރިއާއި ޖޯޝުގެ ސަބަބުން ރައްޔިތުންގެ އިހްސާސްތަކަށް އިޖާބަ ދިނުމުގެ ގޮތުން ކުރަމުންއަންނަ މުހިންމު މަސައްކަތެކެވެ.

ޕީއެސްއެމް އިން، އޭރުގެ ޓެލެވިޝަން މޯލްޑިވްސްއިން އެންމެ ފުރަތަމަ ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދީފައި ވަނީ 1986 ވަނަ އަހަރު، މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑް ކަޕެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top