3 ރަތްކާޑު ފެނުނު ސެމީފައިނަލުން ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

66780772_691377217974968_6667731758315732992_n.jpg

ބ. ފުޓްބޯޅަ ޗެލެންޖްގެ ސެމީފައިނަލް ފުރަތަމަ މެޗްގައި އިއްޔެ 5-1ގެ ނަތީޖާއަކުން ކިހާދޫ ބަލިކޮށް އޭދަފުށި ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މެޗްގެ ފަހުކޮޅު ކިހާދޫ ޓީމްގެ ތިންކުޅުންތެރިއަކަށް ރަތްކާޑުދެއްކި މިމެޗްގައި އޭދަފުށީގެ ފަސްލަނޑުގެ ތެރެއިން ހަތަރުލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި ކެޕްޓަން މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާއްޓޭގެ ބަދަލުގައި ފަހު ހާފްގައި ކުޅެންއެރި އަހްމަދު އަޝްރަފް (ސޮބީ) އެވެ. ކިހާދޫއިން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ ފަހުހާފްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މައުރޫފް އާދަމް އެވެ.

މެޗްގެ ފަހުހާފްގެ އިތުރު ވަގުތުތެރޭގައި ކިހާދޫ ތިން ކުޅުންތެރިއަކަށް ރަތްކާޑު ދެއްކިއެވެ. އޭދަފުށީ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ފުރަތަމަ އެއްކުޅުންތެރިއަކަށް ރަތްކާޑު ދެއްކުމުން ޓީމްގެ ކުޅުންތެރިންނާ ރެފްރީއާ މެދު އުފެދުނު ދެބަސްވުންތަކާއެކު އެޓީމްގެ ދެކުޅުންތެރިއަކަށް ރަތްކާޑުދެއްކީއެވެ.

ސެމީފައިނަލްގެ ދެވަނަ މެޗްގައި މިއަދު ކެންދޫއާ، ގޮއިދޫ ބައްދަލުކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top