ބ.އަތޮޅު ހޮސްޕިޓަލުގައި ދެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި

103111960_1652683114885657_8809481218732804083_o.jpg

އޮޕަރޭޝަންގައި ބައިވެރިވި ބ.އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން--ފޮޓޯ :ބ.އަތޮޅު ހޮސްޕިޓަލް

ބ.އަތޮޅު ހޮސްޕިޓަލުގައި އެޕެންޑިކްސްގެ ދެ އޮޕަރޭޝަނެއް ކޮށްފިކަމަށް އެ ހޮސްޕިޓަލުން ހާމަ ކޮށްފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު އީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެއޮޕްރޭޝަންވެސް ކާމިޔާބު ކަމަށާ އެ ދެމީހުންވެސް މިހާރު މުޅިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށެވެ.

“މި ފުރަބަންދުގެ ތެރޭގައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ވަނީ އެޕްންޑިކްސް ދެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފައި. ދެމީހުން މިހާރުވަނީ ދޫކޮށްލާފައި.”ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އެއީ ބ. ގޮއިދޫ މީހެއްގެ އިތުރުން ކިހާދޫ މީހެއްކަމަށެވެ.

ބ.އަތޮޅު ހޮސްޕިޓަލުން މީގެ ކުރިންވެސް ވަނީ ކުދިކުދި އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top