އެކްޓަރ ސުޝާންތު ސިންގ ދަންޖެހިގެން މަރުވެއްޖެ .

Sushant-Singh-Rajput-1280x720.jpg

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު ދަންޖެހިގެން މިއަދު އަމިއްލައަށް މަރުވެއްޖެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާ ތަކުން ސުޝާންތުގެ މަރުގެ ޚަބަރު ޔަގީން ކޮށްދެމުން ބުނެފައިވަނީ 34 އަހަރުގެ ޒުވާން އެކްތަރު ސުޝާންތު މަރުުވެފައިވަނި މުމްބާއީގައި ހުންނަ އޭނާ އެކަނި ދިރިއުޅެމުންދާ އެޕާޓްމަންޓުގައި ކަމަށެވެ.

ސުޝާންތު މިއަދު ދަންޖެހިގެން މަރުވެފައިވާ އިރު މީގެ ކުޑަދުވަސްކޮޅެއް ކުރިން އޭނާގެ މެނޭޖަރު ޑިޝާވެސް ވަނީ މަރުވެފައެވެ.

މުންބާއީ ޕޮލިހުން މި ކަންތައް ތަހުގީގު ކުރަމުން އަންނައިރު އެޕާޓްމަންޓުން މިކަމާ ގުޅުން ހުރި ނޯޓެއް ފަދަ އެއްޗެއް ވެސް އަދި ފެނިފައިނުވާ ކަމަށް ވެއެވެ.

ސުޝާންތުގެ މަރާއެކު އޭނާގެ ފޭނުންނާއި ބޮލީވުޑްގެ ގިނަ ފަންނާނުން މި ކަބަރު ސިފަކޮސްފައިވަނީ ބޮޑު ޝޮކެއްގެ ގޮތުގަ އެވެ. އަދި މިއީ ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.

ޓީވީގެ ސީރީސް ތަކުން 2008ގައި ފިލްމީ ކެރިޔަރު ފެށި ސުޝާންތުގެ ފުރަތަމަ ޓެލްޑްރާމާއަކީ ކިސް ދޭޝް މެ ހެއި މެރާ ދިލްއެވެ. ބޮލީވުޑްއަށް އޭނާ ތައާރަފް ވެފައިވަނީ 2013ގައި “ކައި ޕޯ ޗޭ ” އިންނެވެ. އެހެން ނަމަވެސް އޭނާ މަޝްހޫރުވެގެން ގޮސްފައި ވަނީ އެމްއެސް ދޯނީ: ދަ އަންޓޯލްޑް ޖާނީން އިންނާއި ކެދެރްނާތު އާއި ޗިކްޗޯރު ފަދަ ފިލްމު ތަކުންނެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސްގެ ފިލްމް ޑްރައިވް އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top