ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ދީފި

39d6d0f9-86c4-4ae1-952a-4ae20918f2d8-1536x864.jpeg

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވާތީ ދިރާގު ކަސްޓަމަރުންނަށް މިއަދުން ފެށިގެން މި މަސް ނިމެންދެން ހިލޭ އިތުރު ޑޭޓާ އާއި ޑޭޓާގެ ޚާއްސަ އޮފަރތަކެއް ހަމަޖައްސައިދީފި އެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 ހިލޭ އިތުރު ޑޭޓާ ދީފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އައި ދެމެދުގެ ހިލޭ ޑޭޓާ ފޯރުކޮށްދީފައި ވާނެ ކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް “ވަގުތުން ގެއަށް އިންޓަނެޓް” ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ދީފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30% ހިލޭ އިތުރު އެލަވަންސް ވަނީ މި ޖޫންމަހަށް ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

މިދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތޮން 27 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ނަންގަވާ ބޫސްޓަރ، ޑޭޓާ އެޑްއޮން އަދި ބަންޑްލްސްތަކަށް ވެސްވަނީ އިތުރު ހިލޭ ޑޭޓާ ދޭން ފަށާފައެވެ.

ދިރާގުން ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ދިރާގުން އުއްމީދު ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top