މެއި މަސް ނިމުނުއިރު އޭދަފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 281 ގައި

DSCN4977.jpg

އޭދަފުށި

އޭދަފުށީގައި ފާއިތުވެދިޔަ އޭޕްރިލް 19ވަނަ ދުވަހު ކޮވިޑް އަށް ޕޮޒިޓިވް ވި މީހަކު ފެނުނު ފަހުން ފުރަތަމަ ކޮޅު ދުވާލަކު ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް އިތުރުވާން ފެށިއެވެ. ނަމަވެސް ރައްޔިތުންގެ ހޭލުންތެރިކަމާއެކު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރުމުން ކޮވިޑް ބަލި ޖެހޭ މީހުންގެ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ވެފައެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ކޮންމެ ދުވަހަކު އާއްމު ކުރާ ކޮވިޑްގެ ތަފާސް ހިިސާބު ދައްކާގޮތުން މެއި މަހުގެ ނިޔަލަށް އޭދަފުށީން 281 މީހަކު ޕޮޒިޓިވް ވިޔަސްް އޭގެ ތެރެއިން 235މީހުން މިހާރުވަނީ މުޅިން ރަނގަޅުވެފަ އެވެ.

ރޭގެ 11ޖެހުމާ ހަމައަށް އޭދަފުށިން 2158 މީހުންގެ ސާމްޕަލް ނަގާފައިވާ އިރު ނެގެޓިވް ވެފައިވާ މީހުންގެ އަދަދަކީ 1859 އެކެވެ. ނަތީޖާ ނުލިބޭ 11 ސާމްޕަލާއެކު އިއްްޔެވެސް ވަނީ އެކަކު ޕޮޒިޓިވް ވެފައެވެ.

ކޮވިޑް ބަލީގައި އޭދަފުށިން މިހާތަނަށް 3 މީހުން މަރުވެފައިވާއިރު ރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 44 އެއް ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ތިން ރަށުގައި ކޮވިޑް ފެތުރެމުން ދާތީ އެރަށްރަށް ވެސް އޮތީ މޮނިޓަރިން ގައެވެ. އެއީ ތުޅާދޫ، ކެންދޫ، ދަރަވަންދޫ އެވެ.

މިއަދުގެ މިހާތަނަށް ރާއްޖޭގެ 74 ރަށެއްގައި ކޮވިޑް ފެތުރެމުން ދާތީ މި ރަށްރަށްވެސް އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top