އޭދަފުށީގައި ބިޒްނަސް އިންކިއުބޭޓަ ސާވިސް ސެންޓަރެއްގެ ޚިދުމަތް ދެނީ

big_qEG3K28MndodeEq.jpg

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން އޭދަފުށީގައި ބިޒްނަސް އިންކިއުބޭޓަ ސާވިސް ސެންޓަރެއްްގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގާއިމްކުރާ މި ސެންޓަރު ހިންގާނީ މިނިސްޓްރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޓަޕްރައިޒް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރު (ބީސީ މާލެ) ގެ ދަށުންނެވެ.

މި ސެންޓަރަށް މުވައްޒަފުން ހޯދުމަށް މިހާރުވަނީ އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފަ އެވެ. އެގޮތުން ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރަކާއި އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް އޮފިސަރެއް ބޭނުންވާ ކަމަށް މިހާރުވަނީ އިއުލާނުވެސް ކޮށްފައެވެ. އެގޮތުން މި މަޤާމްތަކަށް އެދޭ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަން ޖެހެ އެވެ.

ބިޒްނަސް ސާވިސް ސެންޓަރުތަކުން ދެވޭ މައިގަނޑު ޚިދުމަތްތަކަކީ ވިޔަފާރިކުރާ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ހުނަރާއި ޓްރޭނިން ޕްރޮގުރާމްތައް ހިންގުމުގެ އިތުރުން ވިޔަފާރި ހިންގުމަށް ބިޒްނަސް ކޮންސަލްޓެންސީ ދިނުން ފަދަ ކަންކަމެވެ..

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top