އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ރަންބޫޓުވެސް ސެންޓޭއަށް

186831_3_77fc7ba454716acfcbd81d8361dad0a0b2138faa_medium.jpg

ސެންޓޭ ،ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާއެކު - ފޮޓޯ :އިމޭޖަސް އެމްވީ :

‘މިހާރު’ އެވޯޑްސް ގެ ފަރާތުން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު އޭދަފުއްޓަށް އުފަން ފުޓްބޯޅަ ކުޅުންތެރިޔާ އަދި ނިއުރޭޑިއަންޓްގެ މަޝްހޫރު ފޯވާޑް އަލީ ފާސިރު (ސެންޓޭ ) ހޯދައިފިއެވެ. މި އެވޯޑްތައް ސެންޓޭއަށް ހަވާލު ކޮށްދެއްވީ ރާއްޖޭގެ ކުޅިވަރަށް ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން ޚިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު ޒާހިރު ހުސޭން އެވެ.

ޕެރެޑައިސް އައިލެންޑް ރިޒޯޓުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފުލާގައި އެންމެ މޮޅު ދެ ވަނަ ކުޅުންތެރިޔާގެ މަގާމް ހޯދީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު މުހައްމަދު އުމެއިރެވެ. ތިން ވަނަ އަކީ ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި މަގާމްތަކަށް ދެން ވާދަކުރީ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.

ސެންޓޭ ރަން ބޫޓު ހާސިލް ކޮށްފައިވަނީ 24 ލަނޑު ޖަހައި 47 ޕޮއިންޓާ އެކު އެވެ. ޕޮއިންޓް ސިސްޓަމަށް ބަލައިގެން މި ފަހަރު ރަންބޫޓް ހޮވިއިރު މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގައި ޖަހާ ލަނޑަކަށް ކޮންމެ ކުޅުންތެރިޔަކާށް ވެސް ލިބުނީ އެއް ޕޮއިންޓް ލިބުނެވެ. ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ޖަހާ ގޯލުތަކަށް ދެ ޕޮއިންޓް ލިބުނުއިރު ގައުމީ ޓީމާއި ކްލަބް ލެވެލްގެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖަހާ ކޮންމެ ގޯލަކަށް ތިން ޕޮއިންޓް ލިބުނެވެ.

އީވީގެ ފަރާތުން ސެންޓޭގެ މިކާމިޔާބީއަށް މަރުހަބާއާއި ތަހުނިޔާ ރައްދު ކުރަމުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top