ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފި

big_6GEeLrmxtgwT7qT-800x511-800x511-800x511-800x511.jpg

އެސްޓީއޯ އިން ވިއްކަމުންގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު އެސްޓީއޯ އިން ބޮޑުކުރަން ނިންމާފައިވާ ކަމަށާ މާދަމާއިން ފެށިގެން ޑީސަލް ލީޓަރަކުން 31 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 31 ލާރި ބޮޑުވާނެ އެވެ.

ތެލުގެ އަގަށް މި ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް ވިއްކާނީ 10.72ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.42ރ. އަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އެޕްރީލް ދެވަނަ ދުވަހު އެވެ. އެ ފަހަރު ޑީސަލް ލީޓަރަކުން 20 ލާރި ބޮޑު ކުރުމަށްފަހު ވިއްކަމުން ގެންދިޔައީ 10.41 ރުފިޔާ އަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top