ކިޑްނީއާމެދު ފަރުވާތެރިވޭ!

Habits-That-Seriously-Damage-Your-Kidneys.jpg

ކިޑްނީއަކީ ހަށިގަނޑުގައިވާ އެންމެ މުހިއްމު އެއް ގުނަވަނެވެ. ކިޑްނީގެ މަސައްކަތުގެ ތެރޭގައި ލޭ ފިލްޓަރކުރުމާ ހޯމޯން އުފެއްދުމާ މިނެރަލްސް އެބްޒޯސްކުރުމާ ކުޑަކަމުދާ އެއްޗެތި އުފެއްދުމާ އަދިވެސް ކިތަންމެ މަސައްކަތެއް ކުރުން ހިމެނެއެވެ. އެހެންކަމުން ހަށިގަނޑުގެ އެތެރޭގެ ނިޒާމް ބެލެހެއްޓުމުގެ އެންމެބުރަ މަސައްކަތް ކުރަމުން ގެންދަނީ ކިޑްނީ ކަމަށްވާއިރު މިގުނަވަން ގެންގުޅެންޖެހޭނީ ވަރަށް ބަލައިގެން ރައްކާތެރިކަމާއެކުގައެވެ. އެހެނީ ކިޑްނީ ފެއިލްވެފައޭ ބުނުމުގެ މާނައަކީ ދިރިހުރުމާ މަރުވުމާ ދެމެދު ކުރެެވޭ ސުވާލަކަށްވާތީއެވެ.

ކިޑްނީ މައްސަލަޖެހިގެން އެކަންނޭގި ދުވަސްތަކެއް ވެދާނެއެވެ. މިގޮތްދިމާވެދާނެކަމަށް ބަލައިގެން ދޭތެރެދޭތެރެއިން ޓެސްޓްހަދާލަންވާނެއެވެ. ކިޑްނީ ރަނގަޅަށްމަސައްކަތް ނުކުރުމަކީ މުޅި ނިޒާމް ފެއިލްވެދާނެ ކަމެއްކަން ހަނދާންކުރާށެވެ.

މިއީީ ކިޑްނީ ރަނގަޅަށް މަސައްކަތްކުރުމަށާއި ޕްރެޝަރބޮޑުވުމާއެކު ކިޑްނީއަށް މައްސަލްޖެހުން ދިމާވާ އާއްމުއާދަތަކެވެ.

ބޭނުންވާވަރަށް ފެން ނުބުއިން : ކިޑްނީ ރަނގަޅަށް ހިންގުމަށް ގިނައިން ފެންބޯންޖެހެއެވެ. ކިޑްނީގެ އެންމެ މުހިއްމު މަސައްކަތަކީ ލޭ ފިލްޓަރ ކޮށްދިނުންކަމަށްވާތީ މިމަސައްކަތަށް ބޭނުންވާވަރަށް ފެން ނުލިބޭނަމަ ކިޑްނީގެ މަސައްކަތް ބަރާބަރަކަށް ނުހިގާނެއެވެ.

ކެއުމުގައި ގިނައިން ލޮނުބޭނުން ކުރުން : ލޮނަކީ ހަށިގަނޑަށް ބޭނުންމާއްދާއެކެވެ. މައްސަލައަކީ ގިނައިން ބޭނުންކުރެވުމެވެ. އެއީ ނުބައި އާދައެކެވެ. ބޭނުންވާވަރަށްވުރެ އިތުރަށް ލޮނު ބޭނުން ކުރުމުން ކިޑްނީއަށް ޕްރެޝަރ ބޮޑުވެއެވެ. އެންމެރަނގަޅު މިންވަރަކީ 5 ގްރާމް ލޮނު ދުވާލެއްގެ ކެއުމުގައި ހިމެނުމެވެ.

ކުޑަކަމުދިއުން ލަސްކުރުން : ބައެއް މީހުން ކުޑަކަމުދާން ބޭނުންވިޔަސް ގެއަށް ދެވެންދެން ނުވަތަ މަސައްކަތްނިމެންދެން އެންމެފަހުކަމެއްގެގޮތުގައި އެކަންކުރުން ލަސްކުރެއެވެ.. މިއީވެސް ނުބައި އާދައެކެވެ. އެހެންވީމާ ވާގޮތަކީ ކިޑްނީގައި ހިލައުފެދުމާއި ކިޑްނީ ފެއިލްވުމަށް ފުރުސަތު ދެވެނީއެވެ.

ހަކުރު ބޭނުންކުރާ މިންވަރު އިތުރުވުން : ސައިންޓިފިކް ހޯދުންތައް ބުނާގޮތުގައި ހަކުރު އަޅައިގެން އުފައްދާފައި ހުންނަ ފިޒީޑްރިންކްސް ނުވަތަ ތައްޔާރީބުއިންތަކުގެ ސަބަބުން ކިޑްނީއަށް މައްސަލަ ޖެހޭގޮތް ދިމާވެއެވެ. އުމުރުންދުވަސްވަމުންދާވަރަކަށް ހަކުރު ބޭނުންކުރާ މިންވަރު ދަށްކުރުމަކީ ކިޑްނީ ފިޔަވައި އެހެން ބަލިތަކުން ރައްކާތެރިވުމަށްވެސް ކުރަންޖެހޭކަމެކެވެ.

ވިޓަމިންސް އަދި މިނެރަލްސް : މި ދެބާވަތް ލިބޭނީ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތާޒާ ތަރުކާރީއާއި މޭވާ ހިމަނައިގެންނެވެ. ވިޓަމިން ބީ6 އާއި މެގްނޭޒިއަމަކީ ކިޑްނީއަށްލިބޭ ގެއްލުންތައް ފޫބެއްދުމަށާ ކިޑްނީގައި ހިލައުފެދުމުގެ ރިސްކުކުޑަކޮށްދިނުމުގައި އެންމެ ބޮޑަށް އެހީވެދޭ ދެމާއްދާއެވެ.

އެއްގަމުމަސް : އެއްގަމު މަހުގައި ވަރަށް ގިނައިން ޕްރޮޓީން އެކުލެވިގެން ވެއެވެ. ޚާއްސަކޮށް ރަތްކުލައިގާ ހުންނަ މަހުގައެވެ. ޕްރޮޓީން ގިނަވުމުން ކިޑްނީގެ މަސައްކަތަށް ބުރަވެއެވެ. މަސައްކަތް ބުރަވެއްޖެނަމަ ކިޑްނީގައި މައްސަލަޖެހުން އަވަސްވާނެއެވެ.

ރޭގަނޑު ރަނގަޅަށްނުނިދުން : ރަނގަޅަށް ނިދުމަކީ ހަށިގަނޑުގެ ސަލާމަތާއި ދުޅަހެޔޮކަމަށްވެސް މުހިއްމުކަމެކެވެ. ރޭގަނޑު ރަނގަޅަށް ނުނިދޭނަމަ އެތައް އުދަނގުލެއް މެދުވެރިވެ ކިޑްނީއަށްވެސް އެކަމުގެ ގެއްލުން ފޯރައެވެ. ރޭގަނޑުގެ ވަގުތުތަކަކީ ކިޑްނީގެ ޓިޝޫތައް މަރާމާތުކުރުމުގެވަގުތެވެ. ވީމާ މި މަސައްކަތް ކުރުވުމަށް ރޭގަނޑު ރަނގަޅަށް ނިދަންވާނެއެވެ.

ކޮފީއާދަ :ލޮނެކޭ އެއްފަދައިން ކޮފީއާއި ކެފެއިން ހުންނަ ބުއިންތަކަކީ އިތުރުސްޓްރެސް ކިޑްނީއަށް މެދުވެރިކުރުވާކަމެކެވެ.

ތަދުކަނޑުވާބޭސްކެއުން :ގިނަމީހުންގެ ނުބައިއާދައެކެވެ. ތަނަކަށް ތަދުވެލާއިރަށް ޕެއިންކިލަރއެއް ނުވަތަ ތަދުކަނޑުވާ ބޭސް ބޭނުންކުރުމެވެ. ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކިޑްނީއަށް ރައްކާތެރިކަމެއްނޫނެވެ. ތަނެއްގާ ރިއްސާނަމަ ތަދުކަނޑުވާ ބޭސް ބޭނުންކުރަންވާނީ އެންމެ ފަހުކަމެއްގެ ގޮތުގައެވެ. އޭގެ ކުރިން ކޮންމެވެސް އެހެން ގޮތަކުން އެތަދު ކެނޑުވޭތޯ މަސައްކަތްކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top