މިނިވަން50ގެ އުފަލުގައި އޭދަފުށިގައި ބަށިމުބާރާތެއް

6567_a9_news.jpg

މިނިވަން50އާ ގުޅިގެން އޭދަފުށީގައި ކުރިއަށްގެންދާ ހަރަކާތުގެތެރެއަށް ބަށިމުބާރާތެއް އިތުރުވެއްޖެއެވެ.

މުބާރާތާބެހޭ މައުލޫމާތުދެމުން އަބްދުލްވާހިދު ހުސޭން ވިދާޅުވީ މިއީ އޭދަފުށީދާއިރާގެމެންބަރު އަހްމަދުސަލީމްގެ އިސްނެންގެވުމުގެމަތިން ޕީޕީއެމް އޭދަފުށީ ގޮފީގެ ފަރާތުން ބާއްވާ މުބާރާތެއްކަމުގައެވެ. ބޭނުމަކީ މިކަހަލަ ގައުމީ މުނާސަބަތަކާ ގުޅުވައިގެން ބާއްވޭހަރަކާތަތަކުގައި އަންހެނުންގެބައިވެރިވުން އިތުރުކުރުމާއި އަންހެނުން ބާރުވެރިކުރުވުމާއެކު އިޖްތިމާއީހަރަކާތްތަކުގައި އަންހެނުންގެދައުރު ފުޅާކުރުމެވެ.

ޗެމްޕިއަންޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ހުށައެޅިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަދުވަހުއެވެ. ރަނަރއަޕްޓީމަށާއި ބަށިރާނީއަށްވެސް ފައިސާގެ އިނާމު ކަނޑައަޅާފައި ވާކަމަށާއި އެކަމަކު ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 10ވަނަދުވަހުގެ ކުރިން ފޯމްހުށަހަޅަން ޖެހެއެވެ. މިކަމާ ބެހޭގޮތުން ސާފުކުރަންބޭނުންވާ ހުރިހާ މައުލޫމާތެއް ރަށުގެ އެކި ސަރަހައްދުގައި ބެހެއްޓިފައި ހުރި ޕީޕީއެމް އޭދަފުށީގޮފީގެ ނަމުގައި ނެރެފައިވާ އިއުލާނުން ސާފުވާނެކަމަށްވެސް ވާހިދު ވިދާޅުވިއެވެ.

މި މުބާރާތް އިންތިޒާމްކުރަނީ ޕީޕީއެމް އޭދަފުށީގޮފިން ކަމުގައިވާތީ އެއީ އޭދަފުށީގައި ނުހުންނަ ތަނެއްކަމަށާއި ،އުފަންނުވާ ޖަމާއަތެއްގެ ފާރާތުން މުބާރާތެއްބޭއްވެނީ ކިހިނެއްތޯ ގިނަބަޔަކު ސުވާލު އުފައްދަމުންދާތީ އެސުވާލަށް ޖަވާބުދެމުން ވާހިދުވިދާޅުވީ ޕީޕީއެމް އޭދަފުށީގޮތްޕެއްއޮންނަކަމުގައެވެ. އެކަމަކު އެގޮފީގެ އިސްމީހުންނަކީ ކޮބައިތޯއާއި  އެޖަމާއަތް އުފެދުނީކޮންއިރަކުތޯ އަހާލުމުން އެސުވާލަކަށް ޖަވާބެއްނުދެވުނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top