ދަތުގެބަލިތަކަށް ޚާއްސަޑޮކްޓަރެއް މަންޖިމާ ޑައިގްނޯސްޓިކް ހެލްތްސެންޓަރުގައި

manjima.jpg

މަންޖިމާ ޑައިގްނޯސްޓިކް ހެލްތުސެންޓަރ

ބ. ދަރަވަންދޫގައި ހުންނަ މަންޖިމާޑައިގްނޯސްޓިކް ހެލްތްސެންޓަރުގައި ދަތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކު ފަރުވާ ދިނުމަށް ފައްޓަވައިފިއެވެ.

އެ ސެންޓަރުގެ އިސް ބޭފުޅެއްކަމުގައިވާ މުޚްތާރު ޔޫސުފް މިކަމުގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަތުގެ ބަލިތަކާ ބެހޭ ޚާއްސަ އިންޑިއާ ޑޮކްޓަރަކު އެ ސެންޓަރުގައި ކޮންމެ ދުވަހަކުވެސް ފަރުވާ ދެމުން ގެންދާނެކަމުގައާއި މިގޮތުން ދެވޭ ފަރުވާތަކުގެ ތެރޭގައި ދަތް ނެގުން، ދަތް ޖެހުން، ދަތުގައި ފުޓުނި އެޅުން ، ދަތް އިންދުން، ރޫޓް ކެނެލްހެދުން ، ނަރުގަނޑު އެޅުވުން، ދަތްޕިލާ ހުދުކޮށް ޕޮލިޝްކޮށްދިނުން، ހިރު ގިރުން، ދަތްފަނިކެއުން، ހިރުގަނޑުން ލޭއައުން ، އަދި އަނގައިން ނުބައިވަސްދުވުމާއި މިނޫނަސް ދަތްތަކަށް ދިމާވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި ފަރުވާ ދިނުން ހިމެނޭ ކަމުގައެވެ.

ދަތްތަކުގެ ބަލިތަކާބެހޭ ޚާއްސަޑޮކްޓަރު އެސެންޓަރުގައި ދާއިމީ ގޮތެއްގައި ފަރުވާ ދެއްވަމުން ގެންދަވާނެކަމުގައިވިދާޅުވަމުން އިތުރު މައުލޫމާތާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް 7856070 އަދި 7694595 އާ ގުޅުއްވުމަށް އޭނާ އެދިވަޑައިގަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top