ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާ!

ET2.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާ ކޮށްފިއެވެ.

މިކަމާ ބެހޭ މައުލޫމާތު ދެމުން ސްކޫލުން ބުނީ ، ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ވެއްދުން މަނާކޮށްފައިވާ ކަމަށާ މިއީ އެޑިއުކޭޝަން މިނިސްޓްރީން މިމަހު ފެށި “ފަރުކޮއެ ” ކެމްޕޭންގެ ދަށުން ކުރި ކަމެއް ކަމުގައެވެ.

”ފަރުކޮއެ” ކެމްޕޭނަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އަޑުއުފުލައި، ތިމާވެއްޓަށް ސްކޫލު ދަރިވަރުންނާއި އާއްމުން ހޭލުންތެރިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިމަހު އެއްވަނަ ދުވަހު ފެށި ކެމްޕޭނެކެވެ.

“މިއީ ވަރަށް ބޭނުންތެރި ހަމައެހާމެ މުހިއްމު ކެމްޕޭނެއްކަމަށް އަޅުގަނޑު ދެކެނީ. މި ކެމްޕޭންގެ ސަބަބުން ދަރިވަރުންގެ މެދުގައި ތިމާވެއްޓަށް ހޭލުން ތެރިވުމުގެ އިތުރުން ކަނޑުގެ ދިރުމަށް ހުރި އެންމެ ނުރައްކާ އެއްޗަކީ ޕްލާސްޓިކް ކޮތަޅުކަން އެކުދިން ނަށް ދެނެގަތުން ފަސޭހަ ވެގެން ދާނެ. ” ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވިއެވެ.

ރަފީއު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ވެސް މި ކެމްޕޭން ގައުމީ ފެންވަރުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ތައުލީމީ މަރުކަޒުން އަންނަނީ  ޕްލާސްޓިކް މަދުކުރުމާ އެއިން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ބެލެނިވެރިންނާއި ދަރިވަރުންނާއި މުވައްޒަފުން ވެސް ހޭލުންތެރިކުރުވަމުންނެވެ. އެގޮތުން ދަރިވަރުން ބޭނުން ކުރުމަށް އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރީޔޫޒް ކޮތަޅު ، ސްކޫލުގެ ޕީޓީއޭއިން އަންނަނީ ތައްޔާރު ކުރަމުންނެވެ

މި ކެމްޕޭނުގެ ދަށުން ސްކޫލުން ވަނީ ގޮނޑުދޮށާއި ފަޅުތެރެ ސާފުކުރުމާއި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުގެ ހަރަކާތްތައް ވެސް ހިންގުމަށް ރާވާފަ އެވެ. އަދިވަށައިގެންވާ ކަނޑުގެ ހާލަތު ބަލައި އަމަލީގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދޭނެ ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top