އަޑުފޮށި: އަތޮޅު ކޮމެޓީއަށް ދީފައިއޮތް ގޯތި ފަޅަށް އޮންނަނީ ކީއްވެ؟ ކޮބައިތޯ ޕްލޭނަކީ؟

viber_image_2019-12-12_16-58-33.jpg

ބ.އަތޮޅު ކައުންސިލަށް އޭދަފުށިން ދީފައިވާ ބިން

ނޯޓް :”އަޑުފޮށި” މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކަށް ފުރުސަަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ ކަމަކަާ ބެހޭ ގޮތުން ކަމަށް ވިޔަސް، ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ ބ. އަތޮޅު ކައުންސިލަށެވެ.

މީގެ އަހަރުތަކެއް ކުރިން އޭދަފުށީ އުތުރުފަރާތު ބަނދަރު ސަރަހައްދުން އަތޮޅު ކައުންސިލަށް ނުވަތަ އަތޮޅު ކޮމެޓީއަށް ވަނީ ގޯއްޗެއް ނުވަތަ ބިމެއް ދީފައެވެ. ގޯތި ދިންތާ އަހަރު ތަކަކަށް ފަހު ގޯތީގެ ވަށާފާރު ރޭނުން ފިޔަވައި  އިތުރު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި އެބިމުގެ ބޭނުން ހިފާތަނެއްވެސް ނުފެނެއެވެ.

ސުވާލު: ބ. އަތޮޅު ކައުންސިލަށް އޭދަފުށިން ދޫކޮށްފައިވާ ބިމުގެ ބޭނުން ހިފާފައިވާ ތަން އަހަރުތަކެއް ފާއިތުވެގެން ވެގެން ދިޔައިރުވެސް ނުފެނެ އެވެ. އެބިމުގެ ބޭނުން ނުކޮށް ފަޅަށް އެއޮންނަނީ ކީއްވެގެންތޯ؟ މިބިމުގައި ކައުންސިލުން ކުރަން ރާވާފައިވަނީ ކޮންކަމެއްތޯ؟ އިމާރާތެއް ކުރަން ވިސްނަވާފައި ވާނަމަ އެކަން މިހާރު އޮތީ ކިހާހިސާބެއްގައިތޯ؟

ޖަވާބު: (ޖަވާބުދެއްވީ އަތޮޅު ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ހުމައިދު މުހައްމަދު ވަހީދު)

އަތޮޅު ކައުންސިލަށް އޭދަފުށިން ލިބިފައިވާ ގޯތީގައި އިމާރާތްކުރުމުގެ މަސައްކަތްތަކެއް 2014ވަނަ އަހަރުގެ ސެޕްޓެމްބަރ 3ވަނަ ދުވަހުން ދުވަހުން ފެށިގެން މިކައުންސިލުން ދިޔައީ ކުރަމުންނެވެ. މިބިމުގައި މަލްޓިޕާޕަސް އިމާރާތެއް ހެދުމުގެގޮތުން ތައްޔާރީތަކެއް ވެ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އެ ބިން އޮތްގޮތުން މިމަސައްކަތް އެންމެ އެދެވޭގޮތުގައި ނުކުރެވޭނެ ކަމަށް ކައުންސިލަށް ފެނުނެވެ. އެހެންކަމުން ބިމަށް ގެންނަން ބޭނުންވާ ބަދަލުތަކެއް ގެނައުމަށް އޭދަފުށީ ކައުންސިލާއެކު މަޝްވަރާތައް ކުރަމުންދާތާ އަދި މިކަމާބެހޭ ލިޔެކިއުންތައް ބަދަލުކުރަމުންދާތާ ގިނަދުވަސްތަކެއް ވެއްޖެ އެވެ. މިކައުންސިލްގެ އެދުމާއި އެއްގޮތަށް ގެންނަޖެހޭ ބަދަލުތައް ގެނެސްދިނުމަށް މިދިޔަ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އޭދަފުށީ ކައުންސިލުން ވަނީ ނިންމާފައެވެ. އިދާރީގޮތުން ނިންމަންޖެހޭ ކަންތައް ނިމުމުން އެބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top