2 މަސްތެރޭގައި ނިންމުމަށް އޭދަފުށީ ރިވެޓްމަންޓް މަސައްކަތް އެމްޓީ ހޯގާޑަށް

އޭދަފުށީ ހިއްކިބިން މަތިން ނަގާފައިވާ ފޮޓޯއެއް. ހިއްކިބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި / ފޮޓޯ: އީޓީ ފޭސްބުކް ޕޭޖް

އޭދަފުށީ ހިއްކިބިން މަތިން ނަގާފައިވާ ފޮޓޯއެއް. ހިއްކިބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި / ފޮޓޯ: އީޓީ ފޭސްބުކް ޕޭޖް

އޭދަފުށިން ހިއްކާފައިވާ ބިމުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމަށް 22.8 މިލިޔަން ރުފިޔާއަށް އެމްޓީ ހޯގާޑާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭދަފުށީގެ އިތުރުން ދ. ކުޑަހުވަދުއާއި އެ އަތޮޅު މީދު އާއި ކ. ތުލުސްދޫގެ ރިވެޓްމަންޓްގެ މަސައްކަތްވެސް ބަޔަކާ ހަވާލުކޮށްފައިވެއެވެ.

އޭދަފުށީގެ މަސައްކަތް އެމްޓީ ހޯގާޑާ ހަވާލުކުރީ 62 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ. އަދި ތުލުސްދޫ ރިވެޓްމެންޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 31.2 މިލިޔަން ރުފިޔާގެ އަގަކަށް ދެ މަހާއި ބައިގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި 28.8 މިލިޔަން ރުފިޔާ އަށް މީދޫ ތޮށިލުން ހަވާލުކޮށްފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި ތިން ރަށުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީ ހޯގާޑާ އެވެ.

މިމަޝްރޫއުގެ ދަށުން ދ. ކުޑަހުވަދޫގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 17.2 މިލިޔަން ރުފިޔާގެ އަގަކަށް 180 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް ހަވާލުކުރީ ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސްއާ އެވެ.

ހައުސިން މިނިސްޓްރީން ބުނެފައި ވަނީ އެއްގަމު ތޮށި ނުހެދި ގިނަ ދުވަސް ވުމުގެ ސަބަބުން މިރަށްތަކަށް ރަށް ގިރުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް އަވަސް ކުރީ އެހެންވެ ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮސްކާލިސް އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން އޭދަފުށީގެ ބިން ހިއްކައި ނިމި ރިވެޓްމަންޓް ނުޖެހި އޮންނަތާ މިހާރުވަނީ ހަތަރުމަސްވެފައެވެ. އަނެއްކޮޅުން ހިއްކި ސަރަހައްދު ރިވެޓްމަންޓް ނެތުމުން ގިރަމުންދާތީ، މިމައްސަލަ މިމަހު ރައީސް ޔާމީންގެ ސަމާލުކަމަށްވެސް ވަނީ ދަންނަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top