އޭލެވެލް އިމްތިހާނު ދެން އޮންނާނީ އޮކްޓޫބަރު/ނޮވެމްބަރުގައި

big_yYfGY5xg8CTzCl8s262fyLqCh.jpg

މަތީ ސާނަވީ ތައުލީމަށް ފަހު ހަދާ އޭލެވެލް އިމްތިހާނު ދެން ރާއްޖޭގައި އޮންނާނީ އޮކްޓޯބަރު/ ނޮވެމްބަރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ މި ބަދަލު ގެނައީ ދިރާސާ އަހަރު ފަށާ ތާރީހަށް ގެނައި ބަދަލާ ގުޅިގެންކަމަށެވެ.

އެގޮތުން އޯގަސްޓު މަހު ދިރާސީ އަހަރު ފަށާފައި، މޭ/ ޖޫންއަށް ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަކީ އުނދަގޫ ކަމެއްކަމަށް ސްކޫލްތަކުން ފާހަގަ ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

“ސްކޫލްތަކުން ފާހަގަކުރާ ގޮތުގައި، މޭ ޖޫންގައި އިމްތިހާނު ހަދާނަމަ، ގައިޑެޑް ލާނިންގެ ގޮތުގައި ދަރިވަރުންނަށް ބޭނުންވާ 180 ގަޑިއިރު ހަމަކުރުމަށް ދަތިވާނެ،” ސާކިއުލާގައި ބުންޏެވެ.

އެއާއެކު އެ މިނިސްޓްރީން ބުނީ އޭ ލެވެލް ހަދާ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއެކު އިމްތިހާނު ހަދާނެ އިރެއް ކަނޑައެޅުމަށް ޓަކައި މަޝްވަރާކޮށްފައިވާކަމަށެވެ.

އަދި ސްކޫލްތަކުގެ ވެރިން ބޭނުންވަނީ ދަރިވަރުންނަށް ވެސް ފައިދާވާނެހެން އިމްތިހާނުގެ ކަންކަން ކުރިއަށް ގެންދިއުމަށްކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެއާއެކު އޮކްޓޯބަރު/ ނޮވެމްބަރަށް އިމްތިހާނު ބަދަލު ކޮށްފައިވާކަމަށް ސާކިއުލާގައިވެއެވެ.

ދިރާސީ ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ޖެހިފައިވަނީ ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލުތައް ބަންދުކުރަން ޖެހުމުންނެވެ. އެކަމާ ގުޅިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ތާރީހާއި އިމްތިހާނުތައް ބާއްވާ ތާރީހުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top