މި ހަފްތާ އެއްކޮށް ސަރުކާރު ބަންދު !

big_Yi4wnM26FK2hXoYbDqHl6oYt0.jpg

ރައީސް އޮފީސް

ބޮޑު އީދު ބަންދަށް ފަހު މާދަމާއަކީ ސަރުކާރުގެ އޮފީސްތައް ހުޅުވޭ ދުވަސްކަމަށް ވިޔަސް ކޮވިޑް 19 ކޮންޓްރޯލްކުރުމަށްޓަކައި މި ހަފުތާގައި ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގައިފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތަކަށާ ފުރަބަންދަށް ބޮޑެތި ލުއިތައް ދިން ފަހުން މާލެއިން ބައްޔަށް ޕޮޒިޓިވް ވާމީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައި ވާއިރު ބަލި ފެތުރޭ މިންވަރު އެންމެ ގިނައީ އޮފީސްތަކުގެ މާހައުލުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top