ކައިރި ގައުމުތަކުން އަންނަ ފަތުރުވެރިން ރަށްރަށަށް އެރުން މަނާ !

EfxkA3jUwAAD3Jd.jpg

ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން ހުއްޓާލުމަށް އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސިއްހަތް ރައްކާތެރިކުރުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިފައިވާ ބާރުގެ ދަށުން، ދެކުނު އޭޝިއާގެ ގައުމުތަކާއި ސަރަހައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އަންގާ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ވެސް ދިވެހިރާއްޖެއަށް މުއްދަތެއް ނެތް ގޮތަށް އެތެރެވުން ވަނީ މަނާކޮށްފަައެވެ.

މި ފިޔަވަޅަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ފިޔަވަޅުތައް އެގޮތަށް އެޅުމަށް އަންގައިފައި ވިޔަސް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ހާއްސަ ހާލަތްތަކުގައި، އެ ގޮތަށް އަމަލު ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ހިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 500 އިން މަތީގައެވެ. އެގޮތުން އިއްޔެ 766 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 8000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top