އޭދަފުށީގައި ކޮސްމެޓިކްސް އަށް ޚާއްސަ އާ ފިހާރައެއް !

viber_image_2021-03-15_10-17-43.jpg

''ޓްރޫ ނެކްސްޓް، " މި ފިހާރަ ހުންނަނީ އޭަދަފުށީ ފީރޯޒު މަގުގައި ބ.އަތޮޅު ހޮސްޕިޓަލް ކައިރީގައި

”ޓްރޫ ނެކްސްޓް“ ގެނަމުގައި އޭދަފުށީގައި ކޮސްމެޓިކްސް އަށް ޚާއްސަކޮށް އާ ފިހާރައެއް ހުޅުވައިފިއެވެ.

ޔޫރަޕާއި އެމެރިކާގައިވެސް ނަން މަޝްހޫރު ބްރޭންޑްތަކުގެ އެކިވައްތަރުގެ ކޮސްމެޓިކްސް ހިމަނައިގެން އޭދަފުށީ ފީރޯޒު މަގު ހޮސްޕިޓަލް ކައިރީގައި ހުޅުވި މިފިހާރައިގެ ސަބަބުން އޮރިޖިނަލް ބްރޭންޑް ތައް ނުލިބިގެން އަންހެން ބޭފުޅުން ކުރަމުން އަންނަ ޝަކުވާތަކަށް ނިމުން އައީކަމަށް ފިހާރައިން މައުލޫމާތު ދެއްވައެވެ. އަދި މިފިހާރަ ހުޅުވުމުގެ އެންމެބޮޑު އެއް ބޭނުމަކީވެސް ފެންވަރު ރަނގަޅު އޮރިޖިނަލް ކޮސްމެޓިކްސް އެންމެންނަށްވެސް ގަނެެވޭނެ ފަދަ އަގެއްގައި ފޯރު ކޮށްދިނުން ކަމަށް އެފިހާރައިން މައުލޫމާތު ދެއެވެ.

މި ފިހާރައިން ވިއްކާ ރީތިވާ ސާމާނުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ އައިޓަމަކީވެސް ހަށިގަނޑުގެ ހަމަށާއި މޫނުގެ ހަންގަނޑު ތާޒާކޮށް ޒުވާން ކަމުގައި ބެހެއްޓުމަށް ބޭނުންވާ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް މުހިއްމު އަދި މޮޅު ފަރުވާއަކަށް ވެގެން ދާނެކަމުގެ ޔަގީންކަން ފިހާރައިން ދެއްވައެވެ.

މިފިހާރަ ހުޅުވާފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 10:30 އާއި ހަމައަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top