މޮނިޓަރިންގައި އޮތް ރަށްރަށުގައި ފަހުއިމްތިހާނު ނޯންނާނެ: މިނިސްޓަރު

58735008_2902187319807799_8693514475736662016_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު--

މޮނީޓަރިންގައި އޮތް ރަށްރަށުގެ ދަރިވަރުންނަށް ދިރާސީ އަހަރުގެ ފަހު އިމްތިހާން ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މާލެ ސީޓީވެސް ހިމެނޭ ގޮތަށް މޮނީޓަރިންގައި އޮތް 72 ރަށުގެ ދަރިވަރުންނަށް ކްލާސްތައް ބާއްވަމުން އަންނަނީ އޮންލައިންކޮށެވެ. އެ ނޫން ރަށްތަކުގައި ކްލާސްތައް ބާއްވަނީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެންނެވެ.

އެޗްއީއޯސީގައި މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ކުރިންވެސް ތާވަލްކުރެވިފައިވާ ގޮތަށް މި ދިރާސީ އަހަރު ނިމެނީ އަންނަ މަހު 24ގައި ކަމަށެވެ. އަދި މި ޓާމް ނިމޭއިރު، ދިރާސީ އަހަރުގެ ފަހު އިމްތިހާން ގްރޭޑް ހަތަކުން ފެށިގެން މަތީ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލަށް ހާޒިވެވޭ ސްކޫލްތަކުގައި ދޭނީ ޓެސްޓު ޕޭޕަރު ކަމަށެވެ. އަދި އެ ނޫން ރަށްތަކުގައި ދޭނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

“މިހާރު އިމްތިޒާމް ރޭވިފައި އޮތް ގޮތުން ސްކޫލަށް ހާޒިރުވެވޭ ސްކޫލްތަކުގައި މިދެނީ ޕްޕާ ބޭސްޑް އެގްޒާމެއް. ސްކޫލަށް ނާދެވޭ، މޮނީޓަރިންގައި ހުރި ރަށްތަކަށް، އަދި މާލޭގައި ގްރޭޑްސް ތަކަށް މިދެނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް. ކުދިން ސްކޫލަށް އަންނާކަށް ނުޖެހޭނެ. ޔުނިޓް ޓެސްޓެއް، އެސައިންމެންޓެއް ނުވަތަ އެހެނިހެން އެސެސްމަންޓް އެކްޓިވިޓީއެއް މެދުވެރިކޮށް ދަރިވަރުންގެ ފެންވަރު ބެލިގެންދާނީ،” މިނިސްޓަރު ވިދާޅުވި އެވެެ.

އެގޮތަށް އެސައިންމަންޓެއް ދިނުމުގެ ބޭނުމަކީ، ދަރިވަރުންގެ ފެންވަރު މިހާރު ހުރިވަރު ދެނެގަނެ، އަންނަ އަހަރު ދިރާސީ އަހަރަށް ދަރިވަރުން ތައްޔާރު ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

2020 ވަނަ އަހަރުގެ ދިރާސީ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހު ނިމޭނެ އެވެ. 2021 ވަނަ އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top