މަސްތުވާތަކެއްޗާއެކު ދަރަވަންދޫން ދެމީހަކު ފުލުހުންގެ ދަށަށް ގެންގޮސްފިއެވެ.
އުމުރުން 26 އަހަރާއި 33 އަހަރުގެ ދެމީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ޚާއްސައޮޕަރޭޝަން އެއްގައި މިމަހުގެ 12 ވަނަ ދުވަހުއެވެ.
ބ.ދަރަވަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށި ޕޮލިސް ސްޓޭޝަންގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެރަބަރު ޕެކެޓަކާއި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ